ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތައް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރެޖިސްޓާވުމަށް އެދިއްޖެއެވެ.
އެމްއެމްއިން އިލްތިމާސްކޮށްފައި ވަނީ ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށެވެ.
ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 30 އެވެ.
ރަޖިސްޓްރީވުމަށްޓަކައި، އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލްގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށް އެދިފައިވާއިރު، އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުމަށް ނުވަތަ، އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
އެމްއެމްއޭއިން މިގޮތަށް އަމަލު ކުރުމަށް އެދިފައިވާއިރު، ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް ދާދި ފަހުން އެ އޮތޯރިޓީއިން ވަނީ އެކުލަވާލާފައެވެ. މި ގަވާއިދުގެ ދަށުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހެއެވެ.

