ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދިޔަވަރު“ ވެބްސައިޓުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާކަމަށް ބުނެ ސަމާލުވާން އެދިއްޖެ

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑީއާ ކައުންސިލަށް ”ދިޔަވަރު.ކޮމް“ އާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބަލައި، އެ ވެބްސައިޓުން ފަތުރަމުންދާކަމަށް ނިންމައި އެކަމަށް ސަމާލުވުމަށް އެދިއްޖެ އެވެ.

ނޫސްތަކާއި ގުޅޭގޮތުން މީޑިއާ ކައުންސިލަށް މިހާތަނަށް ހުށަހަޅާފައިވާ 77 މައްސަލައެއްގެ ތެރެއިން، 63 ޝަކުވާއެއް ރިޕޯޓުކޮށްފައި ވަނީ ރެޖިސްޓްރީ ކުރުމެއް ނެތި ހިންގަމުން އަންނަ ދިޔަވަރު.ކޮމްއާއި ގުޅޭގޮތުންނެވެ.

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ”ދިޔަވަރު“ ވެބްސައިޓުގައި ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ހަބަރުތަކެއްކަމަށާއި، އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސް ޕަބްލިކް އެޑްވައިޒަރީއެއް ނެރޭކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ ޝަކުވާ ބަލާ ކޮމިޓީން މައްސަލަތައް ދިރާސާ ކުރިއިރު އެ ވެބްސައިޓުގައި ގެނެސްފައިވާ ގިނަ ކޮންޓެންޓުތަކަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދާއި މީޑިއާތަކުން އަމަލު ކުރަން ޖެހޭ އަހުލާގީ މިންގަނޑާއި ހިލާފަށް ގެނެސްފައިވާ ރިޕޯޓުތަކެއް ކަމަށެވެ.

އެމްއެމްސީގެ އެޑްވައިޒަރީގައި ވާގޮތުގައި، އެ ވެބްސައިޓުގައި ލިޔަމުންދާ ހަބަރުތަކުގެ ސަބަބުން އާންމުންގެ ތެރޭގައި ދަނީ ނުރަނގަޅު މައުލޫމާތުތައް ފެތުރެމުންނެވެ.

ބަޔާނުގައި ބުނެފައި ވަނީ ރެޖިސްޓްރީ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް މީޑިއާ ކައުންސިލް ރެގިއުލޭޓުކޮށް އެ ގާނޫނުގެ ދަށުން މީޑީއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށްވާއިރު ވެބްސައިޓުތަކުގައި މައްސަލައެއް ހުރިނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ކައުންސިލަށް ލާޒިމް ކުރާކަމަށެވެ. އެހެން ނަމަވެސް އެމްއެމްސީގެ ދައުރަކީ، ނުވަތަ މަގްސަދަކީ މީޑިއާތަކަށް ފިޔަވަޅު އަޅައި އަދަބު ދިނުން ނޫންކަމަށް ބަޔާނުގައި ވެއެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ ރެޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ގަނޫނާއި ގަވައިދާއި ޝަކުވާ ބެލުމުގެ އުސޫލުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތަކަކަށް ވާތީ ޝަކުވާ ބެލުމުގައި އަމަލުކުރާ އާންމު އިޖުރާއަތްތަކަށް ވެސް އަމަލު ކުރެވޭނެ ގޮތެއް ނެތްކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ކޮންމެ ނޫހެއް، ނުވަތަ ވެބްސައިޓެއް ބްލޮކް ކުރުމަކީ ހައްލެއް ނޫންކަން ފާހަގަކޮށް ކައުންސިލުން ބުނެފައި ވަނީ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ދާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: