ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ހިޔާވަހި ފައިނޭސިން ސްކީމް ފަށަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ”ހިޔާވަހި ފައިނޭންސިން“ ނަމުގައި ސްކީމެއް ފެށުމަށް ހައުސިންގ މިނިސްޓްރީ ބީއެމްއެލް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ގެދޮރު އިމާރާތްކުރުމަށް ބެނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް ”ހިޔާވަހި ފައިނޭންސިން ސްކީމް“ގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑްވްސް (ބީއެމްއެލް) ހަމަޖައްސައި ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ގެދޮރިވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޭނީ 5 ޕެސެންޓުގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ. އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ ފަރާތެއްގެ ވެސް ފުރަތަމަ ގެ އިމާރާތްކުރުމަށަވެ.

ހިޔާވެހި ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައިހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެއެވެ.

އެ ފައިނޭންސިން ސްކީމްގެ ޕާޓްނަރަކަށް ބީއެމްއެލް ހަމަޖައްސައި ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ހަފްތާއެއްގެ ތެރޭގައި އެ ފައިނޭންސް ސްކީމް ލޯންޗުކޮށް ލޯނަށް އެދުމަށް ހުޅުވާލަންކަމަށެވެ.

އެ ސްކީމްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މީގެކުރިން ވަނީ އިތުރު ދެ ޕާޓުނަރުންނާއެކު ސޮއިކޮށްފައެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއެކު ވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: