ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިންޑިއާ ރައްޔިތެއް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ 9 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ހެކިތަކެއް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި ކަސްޓަމްސްގެ ތަޙްޤީޤަށް ތަކެތި ޙަވާލުކުރާ ފޯމާއި، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކުރެވިފައެވެ. މި އަމުރު ނެރުއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލީ އާދަމްއެވެ.

