ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް ބާއްވަނީ

ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ހުރި ފަތުުރުވެރިކަމާއި ގުޅޭ ފުރުސަތުތައް ކިޔައިދިނުމަށްޓަކައި، ޓޫރިޒަމް ސިމްޕޯޒިއަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް  ހާމަކުރައްވައިފިއެވެ.

ފައިސަލް މިކަން ހާމަކުރެއްވީ އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗު ކުރުމަށް ރޭ ކެނަރީފް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދެ ހިޔާލެއް އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އެނދު އިތުރުކުރާނީތޯ ނުވަތަ، މިހާރު ދެމުން އަންނަ ހިދުމަތް އިތުރަށް ބްރޭޑްކޮށް، ކަނެކްޓިވިޓީ އިތުރުކުރާނީތޯކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަމަށް ހުރި ފުރުސަތުތައް ރައްޔިތުންނަށް އެނގުން ވަރަށް މުހިންމުކަމަށެވެ. މިކަންކަމަށް ހޭލުންތެރިކުރުންވެސް ވަރަށް މުހިންމުކަމަށާއި، މި މަސައްކަތުގައި ވަކި ހާއްސަކޮށް ޒުވާނުންނަށް އިސްކަން ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

މި މަގްސަދު ހާސިލްކުރުމަށްޓަކައި އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ. މިއީ އެމްއެމްޕީއާރްސީއިން ލީޑުކުރާނެ ހަރަކާތެއްކަމަށް ވިދާޅުވިއެވެ. އިންޑިއާ އާއި ޗައިނާގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި އޮންލައިން ބުކިން ޕްލެޓްފޯމްތައް މި ހަރަކާތުގައި ބައިވެރިވާނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރަނީ މި މަސައްކަތް ވެގެން ދާނީ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށޭ.

ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރ ހިއްސާ ކުރެއްވި މައުލޫމާތުގައިވާ ގޮތުންނަމަ މި ވަގުތު އައްޑޫގައި ހުރީ 1،100 އެނދެވެ. މި އެނދުތައް ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: