ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ޕްރޮކިއުމަންޓުގެ ކުރީގެ އިސްވެރިޔާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ: ދިފާއުން އެދެނީ އަޑުއެހުން ސިއްރުކޮށްދޭން

ފެނަކަ ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލަކު މައިޒާން މަރްޔަމް ދީނާ ސާލިޙުގެ މައްޗަށެވެ. އޭނާ އޭރު ހުންނެވީ ފެނަކަ ކުންފުނީގެ ޕްރޮކިއުމަންޓްގެ އިސް ވެރިޔާގެ މަޤާމުގައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ ފަރާތުގެ ވަކީލު ވަނީ މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެގޮތުން މައްސަލަ ނޫސްވެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ ދައުވާލިބޭ ފަރާތުގެ ޙައްޤުތައް ގެއްލިގެންދާނެކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ދައުލަތުގެ ކުންފުންޏެއްގެ މަޤާމެއްގައި ހުންނެވި ފަރާތެއްގެ މައްޗަށް ކަމަށާއި، މިއީ ދައުލަތާއި އާންމު މަސްލަހަތުވެސް ހިމެނޭ މައްސަލައެއް ކަމަށެވެ.

ހަމައެއާއެކު، ކޮރަޕްޝަންގެ މިފަދަ އެހެން މައްސަލަތައްވެސް ކުރިއަށް ގެންދަވަނީ އާންމުކޮށް ހުޅުވާލައިގެންކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ދެކިނުލައްވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން އެކަން އިތުރަށް ދިރާސާ ކުރެއްވުމަށްފަހު ގޮތެއް ނިންމެވުމަށްޓަކައި ގާޒީ ވަނީ ހޯމަ ދުވަހުގެ އަޑުއެހުމުގައި ނޫސްވެރިން އިތުރަށް ބައިވެރި ނުކުރެއްވުމަށް ނިންމަވާފައެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށާއި، މުޅި މައްސަލަ ސިއްރުކޮށްގެން ގެންދިއުމުގެ ވިސްނުންފުޅެއް ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

މި މައްސަލައިގައި އޭސީސީން ކުރި ތަހުގީގުތަކަށްފަހު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުުތަކުގައި ބުނެފައިވަނީ، ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި މަރްޔަމް ދީނާ ސާލިޙްއާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމަށެވެ. އަދި އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދަޢުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަޙުޤީޤުގައި ހެކި ލިބިފައިވާކަމަށްވެސް އޭސީސީން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: