އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާ ސަބަބެއްކަމަށް ބުނެފައި ވަނީ، އެހެން ކޮމިޝަންތަކުގެ މަގާމުތަކަށް މެމްބަރުން އައްޔަނު ކުރުމަށް އަމަލު ކުރާ އުސޫލާއި އެއް ހަމަ ކުރުމަށެވެ .
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަނު ކުރުމަށް ބޭނުންވުމުން، އެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.
މަގާމުން އިސްތިއުފާ ދޭން ބޭނުންވުމުން، އެ ސިޓީ ފޮނުވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މީގެ ކުރިން ރައީސާއި، ނައިބު ރައީސްގެ އިސްތިއުފާގެ ސިޓީ ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނަކަށެވެ.
އިސްލާހުގައި ގާނޫނުގައި މިހާރު ހުރި ބައެއް މާއްދާތައް އުނި ކުރުން ހިމެނޭއިރު، އޭގެ ތެރޭގައި މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރާނަމަ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އިތުބާރު ނެތްކަމަށް ފާސްކުރުމުން މަގާމުން އިސްތިއުފާ ދިނުން ހިމެނެ އެވެ. އަދި ކުރިން މަގާމު ހުސްވާތާ
ގަޑިއިރުގެ ތެރޭގައި މަގާމަށް ބޭފުޅަކު ކޮމިޝަނުން އައްޔަނު ކުރަންވާނެކަމަށް ބުނި ނަމަވެސް، އިސްލާހުގައި ވަނީ އެ މާއްދާ ވެސް އުނި ކުރުމަށް ހުށަހަޅާފަ އެވެ.

