ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕެޓް ސިސްޓަމް ހެދުމަށް މެލޭޝިއާގެ ކުންފުންޏާއި ހަވާލުކުރީ، ދައުލަތަށް އިތުރަށް ފައިދާވާ ގޮތަށް: އިހުސާން

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިޔާގެ ކުންފުންޏެއްކަމަށްވާ ބެސްޓިނެޓާއިއެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އަލުން އެއްބަސްވުމެއް އެކުލަވާލީ، ކުރިއަށްވުރެ ބޮޑަށް ދައުލަތަށް ފައިދާ ލިބޭ ގޮތަށް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި މިނިސްޓަރާއި ސުވާލުކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލްއެވެ. ނާޒިލް އެއްސެވީ، އެ ކުންފުންޏާއެކު ކުރިން ހެދި އެއްބަސްވުން އުވާލުމުން ބަދަލު ހޯދުމަށް ހުށަހަޅާފައިވަނިކޮށް ސަރުކާރުން ބެސްޓިނެޓާއެކު އަލުން އެއްބަސްވުމެއް ހެދީ ކިހިނެތްތޯއެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ބެސްޓިންއާއިއެކު 8 ސިޓީ ބަދަލުކޮފައިވެއެވެ. ބެސްޓިންގެ ލޯ ފާމްތަކުން 4 ފަހަރު ބަދަލު ދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ. މިދިޔަ ސަރުކާރުގެ އެޓާނީ ޖެނެރަލް ވަނީ ބަދަލު ދިނުމުގެ މަރުހަލާ ފެށުމަށްވެސް ރައްދުދީފައިކަމަށާއި، މި މަރުހަލާއަށް ދާން ޖެހިދާނެކަމަށް އޭރުގެ ރައީސް އޮފީހުންވެސް ބުނިކަމަށް އިހުސާން ފާހަގަކުރެއްވިއެވެ. މިގޮތަށް އަމަލު ކުރުމަށް ވުޒާރާތަކަށްވެސް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންނާއި ހަވާލުވެ ބެލިބެލުމުން އެނގުނީ އޭރުގެ އޭޖީގެ ލަފައެއް މިކަމަށް ބަދަލުދިނުމުގެ މަރުހަލާ ފެއްޓުމަށް ކަނޑައަޅުއްވާފަ އޮތް. އަދި ހަމައެހެންމެ އޭރު ރައީސް އޮފީހުގެ ސިޓީފުޅެއް އެބައޮތް މިކަމުގަ ބަދަލު ދިނުމުގެ މަރުހަލާއެއް އަތުވެދާނެ ކަމަށް އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފަވޭ. މިއީ ހަމަ ތަނެއްގަ ކުނފުންޏެއް އޮއްވާ އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން ކުރި ކަމެއްނޫން.

އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިއީ ތާކުން ތާކު ނުޖެހޭ ގޮތަށް އެކުލަވާލި އެއްބަސްވުމެއްކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، މިއީ އެހެން އެކުލަވާލާފައި އެއްބަސްވުމެއް ނޫންކަމަށެވެ. އެ ކުންފުންނާއިއެކު އަލުން އެއްބަސްވުމެއް އެކުލަވާލީ، ދައުލަތަށް ނުކުޅަދާނަވާވަރަށް، ގެއްލުމުގެ ބަދަލު ހޯދަން ހުށައަޅާފައިވާތީކަމަށެވެ. ބެސްޓިނެޓިންއިން ވަނީ 15 މިލިއަން ރުފިޔާ ބަދަލު ހޯދުމަށް ހުށައަޅާފައެވެ.

އިހުސާން ވިދާޅުވީ ކުރިން ބެސްޓިންއާއިއެކު އެކުލަވާލާފައިވާ އެއްބަސްވުމުގެ ތެރެއިން ދައުލަތަށް ލިބެމުން އައީ 600 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް އާ އެއްބަސްވުމާއިއެކު އިތުރު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: