ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް: ދުވާލަކު ދަތުރުކުރާ އަދަދު 40،000 އަށްވުރެ މަތި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރުފަތުރުގެ ހިދުމަތް ދުވާލަކު ބޭނުން ކުރާ އަދަދު 40،000 އަށް ވުރެ މަތި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތާއި ގުޅެގޮތުން މައުލޫމާތު ދެމުން ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި، ކުންފުނިން ބުނެފައި ވަނީ ލަކުޑި ފެރީގެ ނިޒާމަކީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހިދުމަތެއް ކަމަށާއި، އަދި އާރް.ޓީ.އެލް ގެ ހިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް ދެމުން ގެންދާ ކަމަށެވެ. އެގޮތުނަ ހއ. ހދ. ށ. ގއ. ގދ. އައްޑޫ އަދި ފުވައްމުލަކުގައި ހިދުމަތް ދެމުންގެންދާއިރު މިއަހަރުގެ ތެރޭގައި ނ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއިއެކު ޖުމްލަ 9 އަތޮޅެއްގައި ހިދުމަތް ފަށާފައިވާކަން ފާހަގަކުރި އެވެ. އަދި ބަހުގެ ހިދުމަތަށް ބަލާއިރު ގްރޭޓަރ މާލެ އޭރިއާ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ލ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލަކުގައި ވެސް ބަހުގެ ހިދުމަތް ދެމުން ގެންދާ ކަމަށް ވަނީ ބުނެފައެވެ.

ހިދުމަތާއި ގުޅުން ހުރި ބައެއް ތަފާސްހިސާބުތައް ހިއްސާކޮށް އެމްޓީސީސީން ބުނެފައި ވަނީ 2023 ވަނަ އަހަރު އެކަނިވެސް 14 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާނެ ކަމަށެވެ. މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭ މައިގަނޑު އެއް ސަބަބެއްކަމަށް އެމްޓީސީސީ ފާހަގަކުރީ ސްޓޭކްހޯލްޑަރުންނާއި ކަސްޓަަމަރުން އެކުގައި ކުރެވޭ މަޝަވަރާތަކުގެ މައްޗަށް ވެސް މަސައްކަތް ކުރުމެވެ. އޭގެ ބޭނުމަކީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުންކަމަށްވެސް ވަނީ ބުނެފަ އެވެ.

ބަހުގެ ހިދުމަތާއި ގުޅޭގޮތުން އެމްޓީސީސީ ބުނެފައި ވަނީ ކާޑުން  ފައިސާ ދެއްކޭނެ އިންތިޒާމު ހުރުމާއި، އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު ފެންނަން ހުރުން ފަދަ ލުއިފަސޭހަތައް ހުންނާނެ ކަމަށެވެ.

މިހާރަށް އެމްޓީސީސީ ކާޑުގެ އިތުރުން ވިސާ ކާޑާއި، އެމެރިކަން އެކްސްޕްރެސް އަދި އެމެކްސް ކާޑުތައް އެ ކުންފުނީގެ ހުރިހާ އުޅަނދުތަކެއްގައިވެސް ބޭނުންކުރެވޭއިިރު އަދި މާލެ ސަރަހައްދުގެ ހުރިހާ ޓާމިނަލް ތަކެއްގައިވެސް މި ކާޑުތަކުން ހިދުމަތް ހޯދޭނެ އެވެ.

އެމްޓީސީސީން ބުނެފައިވަނީ ބަހުގެ ހިދުމަތް ދެމުންގެންދާއިރު އަންނަ ޕީކް ގަޑިތަކުގައި ޝެޑިއުލް ކޮށްފައިވާ ވަރަށް ވުރެ ގިނައިން ބަސް ފޮނުވަން ޖެހުމަކީ ދިމާވާ އެއްގޮންޖެހުން ކަމަށެވެ.

ބަސްތައް އިތުރު ކުރަން ޖެހޭ މައިގަނޑު ސަބަބަކީ ޕީކް ގަޑިތަކުގައި އެއްގަޑިއެއްގައި ބަހުގެ ހިދުމަތް ހޯދުމައް އެއްފަހަރާ ދަތުރު ކުރަން ޖެހުން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެގޮންޖެހުމުން އަރައިގަތުމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ކުރާނަމަ ކަސްޓަމަރުން ކުރިއާޮލާ ދަތުރު ޕްލޭން ކުރުން މުހިންމު ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިސާލަކަށް 8:00 ޖަހާއިރު ތަނަކަށް ދާ ކަމަށްވާނަމަ 7:30 ގައި ޝެޑިއުލް ބަހަށް އެރުމަކީ އުނދަގޫ ކަމެއް. ގިނަ މީހުން އެގަޑިއަށް ދަތުރު ކުރަން ދިމާ ކުރުމުން ވާ ގޮތަކީ ބަހުގެ އެތެރޭގެ ނިޒާމު ގެއްލި ބަލަހައްޓަން އުނދަގޫވެ ބައެއް ސޭފްޓީ މެޝާރސް ކޮމްޕްރޮމައިޒް ކުރަން ޖެހޭ. އެހެންކަމުން ދުރާލާ ދަތުރަށް ތައްޔާރުވެ 15 މިނެޓު ކުރިން ނިކުމެ ރެޑީވެގެން ތިބިމަކީ ވަރަށް މުހިންމު ކަމެއް އަސްލު

މީގެއިތުރުން އެމްޓީސީސީން ބުނެފައި ވަނީ މިނީ ބަހުގެ ހިދުމަތް ދޭން ފެށީ 2022 ގައި ކަމަށާއި ރާއްޖޭގައި އަދި މި ހިދުމަތް އޮތީ ޅަފަތުގައި ކަމަށެވެ. އެހެންކަމުން ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރައްވާނަމަ ރައްޔިތުންގެ ދިރިއޫލުމުގެ ވައްޓަފާޅި ކޮންމެވެސް ވަރަކަށް އެކަމަށް ބަލައިގެން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އެ ހިދުމަތައް އެދޭ ގޮތާއި އެކަމާ މެދު ވިސްނާގޮތްވެސް ބަދަލުކުރަން ޖެހޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: