ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފަށަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަނީ

ބަންޑާރަ ނައިބު އަހުމަދު އުޝާމް --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުޅޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ސަރުކާރުން ގެނައުމަށް ބޭނުންވާ އިސްލާހުތަކާއި އެ މަަސައްކަތްތައް ކުރިއަށް ދާ ގޮތުގެ ތަފްސީލު ދެއްވާފަ އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، ސަރުކާރުން ވަނީ ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ބަދަލުކުރުމުގެ ގޮތުން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމަށް ކަނޑައަޅާފައިކަމަށެވެ. އަދި އެ އިސްލާހު ގެނައުމުގެ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖޭތީ އެކަމަށް ވަގުތު ނަގާނެކަމަށް ވިދާޅުވި އެވެ.

ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 17 އަށް ބަދަލުވެގެންދިޔައީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާއި ގުޅިގެން އެ އަހަރުގެ ނޮވެމްބަރު 11 އަށް ރައީސްއަކު އައްޔަނު ކުރުމުންނެވެ. އެ އަހަރު ރައީސްކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ހުވާކުރެއްވީ 2018 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: