ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހަގީގަތަކަށް ވާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙައްޖު، ޢުމްރާ ކޮންފަރަންސް އިފްތިތާޙުކޮށްދެއްވައި ރަސްމިޔާތުގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާއި އުމްރާގެ ހިދުމަތް ދެމުންދާ ކުންފުނިތަކުން އެ ހިދުމަތް ދޭންވާނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެކަމުން ލިބޭ ސަވާބު އިސްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިމެނޭހެން ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތް ދިނުމުގެ ކުންފުނިތައް ހުރިއިރު އެންމެ ބޮޑު ޝަކުވާއަކީ އަގުގައި ހުރި ބޮޑެތި ފަރަގުތަކެވެ. އަދި ހައްޖު ކޯޕަރޭޝަނުގައި ބޮޑު ބެކްލޮގެއް އޮތުމުގެ ސަބަބުން، ސަރުކާރުން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ހާމަކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ހައްޖު، އުމްރާ ކޮންފަރެންސް އިފްތިތާހުކޮށްދެއްވައި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިފަދަ ބައްދަލުވުމެއް ފެށުމަކީ މި ހިދުމަތް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ހައްޖާއި އުމްރާ ގުޅިފައިވާ އިންތިޒާމުތައް ހަމަޖައްސައިދީ ވީހާވެސް ލުއިފަސޭހަކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

ހައްޖާއި އުމްރާގެ ހިދުމަތް ދޭ ކުންފުނިތައް ވެސް ދުވަހަކުން ދުވަހެއް އިތުރުވެ، މީގެތެރޭގައި ފަންސާހަކަށް ވުރެ ގިނަ ކުންފުނިތައް އިސްލާމިކް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައިވޭ.. އަޅުގަނޑުގެ ނަޒަރުގައި ހިދުމަތް ދޭ ކުންފުނިތަކާއި، ހިދުމަތް ދޭންވާނީ ވިޔަފާރިއަކަށްވުރެ ބޮޑަށް އެކަމުން ލިބޭ ދަރުމައާއި ސަވާބު އިސްކަން ދިގެން.. ހައްޖުވެރިންނާއި އުމްރާވެރިންނަށް އެ ހޭދަ ކުރާ ވަގުތަކީ ގެއްލިގެންދާނެ ބޭކާރު ވަގުތެއް ނޫން..

ނައިބު ރައީސް ވިދާޅުވީ ކޮންފަރެންސްގައި ކުރާ މަޝްވަރާތަކާއި، ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް މުހިންމު ނިންމުންތައް ނިންމައި އޭގެ އަލީގައި ހައްޖާއި އުމްރާގެ އަޅުކަމުގެ ހިދުމަތުގެ ދާއިރާ ފުޅާވެ، މުޅި ނިޒާމު އެއްކޮށް ފުރިހަމަވެގެން ދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ހައްޖުވެރިންގެ ފައިސާއަށް ރައްކާތެރިވެ ހައްޖު ފަނޑު ތަަރައްގީކޮށް ދިރުވުމަށް އައު ވިސްނުންތަކެއް ވިސްނައި ހައްޖުގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހަގީގަތަކަށް ވެގެންދާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ހައްޖުވެރިން އިންވެސްޓު ކުރާ ފައިސާއަށް ރައްކާތެރިވެ، ހައްޖު ފަންޑު ތަރައްގީ ކުރުމަށް އައި ވިސްނުންތަކެއް ވިސްނައި  ހައްޖުގެ އަގު ތިރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ކާމިޔާބު ވާނެކަމަށެވެ.

ހައްޖުގެ އަގު ތިރި ކުރުމާއި ގުޅޭގޮތުން ނައިބު ރައީސް ވާހަކަ ދެއްކެވިއިރު ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ނަގާ އަގު 50،000 ރުފިޔާއަށް ހެޔޮ ކުރުމެވެ.

ހައްޖަށް މީހުން ގެންދިއުމަށް މިހާރު މީހެއްގެ އަތުން ނަގަމުން އަންނަނީ 69،965 ރުފިޔާކަމަށްވާއިރު ކޮވިޑުގެ ކުރިޔަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން މިދިޔަ ދެ އަހަރެއްގެ ތެރޭގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނެވެ.

ރާއްޖެއަށް އާންމުކޮށް ލިބެނީ 1000 ހައްޖު ކޯޓާ ނަމަވެސް، ސަރުކާރުގެ އަމާޒަކީ އޭގެ އިތުރަށް 1000 ކޯޓާއި އެކު ޖުމްލަ 2000 ކޯޓާ ލިބި ހައްޖުގެ ހިދުމަތް ހަރުދަނާ ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: