ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާއިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާ ކަމަށެވެ.

މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.

މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަކަމަށްވާއިރު، ބަޖެޓުގެ ޕްރައިމެރީ ޑެފިސިޓަކީ ޒަމީރު ވިދާޅުވި ގޮތުގައި 3.8 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 3.2 އިންސައްތަ އެވެ.

ހިނގަމުން މިދާ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ ބަޖެޓަކީ ތަންފީޒު ކުރުމަށް ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަށް ބިނާކޮށް އެކުލަވާލާފައިވާ، އަދި އެ ފިޔަވަޅުތަކާއި އެކު ވެސް އެކަށިގެންވާ ގޮތެއްގައި ޑެފިސިޓު ކުޑަ ކުރެވޭނެ ގޮތްތަކެއް ހިމެނިފައި ނުވާ ބަޖެޓެއް ކަމަށެވެ. މިއާއި އެކު މިއާއި އެކު މި އަހަރުގެ ބަޖެޓު ޑިސިޓު އިތުރުވެގެން ދިޔަ ނަމަވެސް ބަޖެޓު ވެގެން ދާނީ 2019 ވަނަ އަހަރުގެ، ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ކުޑަ ބަޖެޓުކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ އިކޮނޮމިކް ރީފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި އަދި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް އެދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއި އެކު ޒަމީރުގެ ލަފައަކީ އަންނަ އަހަރު ރާއްޖެ އިގްތިސާދު 6.4 އިންސައްތައިން ކުރިއެރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: