ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޤައުމީ ވިސްނުމުގައި ބައިވެރިވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރައްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ނަފުސަށް އިތުބާރުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން ހޯދި ނަތީޖާގެ ފޮނިމީރުކަން، އަމިއްލަ ނަފުސަށާއި، ޢާއިލާއަށާއި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދަސްވެނިންނަށް މިއަދު ލިބުނު ކާމިޔާބަކީ އެތައް ދުވަހެއްގެ މަސައްކަތާއި ޤުރުބާނީކަން ފާހަގަކުރައްވައި، އެއީ އެކަމަކަށް މަސައްކަތްކުރާ އަޅުންނަށް މާތް ﷲ ތަނަވަސްކޮށްދެއްވާ ރަޙުމަތެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި މި ނަތީޖާއާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކޮށް، ޤައުމަށް ކޮށްދެވެން އޮތް ކަމެއްގައި ކުރިއަރާ ދިއުމުގެ ޢަޒުމު ވަރުގަދަ ކުރުމަށްވެސް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

އަޒުމަކަށް ވާންވީ، ގޮންޖެހުންތައް އިތުރުވިކަމުގައިވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކޮށް، ޕޮޒިޓިވް ވިސްނުމެއްގައި، ތިމާއަކީވެސް ކަންކަން ކުރެވޭނެ މީހެއްކަމަށް ޤަބޫލުކޮށްގެން މަސައްކަތުގެ ނަތީޖާ ނެރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެއްސަކަށްވީތީ ޤައުމަށް ކޮށްދޭންޖެހޭ ކަންކަމަކީ ލޯމަރާލެވެން އޮތް ކަމެއް ނޫންކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމު މިހާ ހިސާބަށް ގެނެސްދެއްވި އަބުޠާލުންގެ ޤުރުބާނީއަކީވެސް ހަނދާންނެތިކޮށްލެވޭނެ ޚިދުމަތެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކައިގައި ޤައުމެއް ކުރިއަރާ ދާނީ މައިގަނޑު 2 ގޮތަކުން ކަމަށާއި، އެއީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ މި ރޮނގުން މިއަދު ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި ގުޅޭ ގޮތުންވެސް ވާހަކަދެއްކެވިއެވެ. އެގޮތުން، ރައްޔިތުން ގެދޮރުވެރިކުރުވުމަށް، ބޯހިޔާވަހިކަމުގެ ދާއިރާގައި އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ޢިއުލާންކޮށް، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، އިޤްތިޞާދު ފުޅާކޮށް، މަތީ ތަޢުލީމުގެ ބަހާ އިތުރަށް ތަނަވަސް ކުރަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްޤީ ކުރުމާއި، ފަންނުވެރި އިޤްތިޞާދެއް ފުޅާކުރުމާއި، އަދި ގޮންޖެހުންތަކާއި އެކުގައިވެސް ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ދަޢުލަތުގެ ފެންވަރުގައި، އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: