ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ: މިނިސްޓަރ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، ޒަމީރު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރާނެކަމަށް ބެލެވޭ އަންދާޒާތަކެއް ދެއްވާފަ އެވެ. އަދި ކުރީ ސަރުކާރުގައި އެއްވެސް ހަރުދަނާ ޕްލޭނެއް ނެތި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، އޭގެ ނަތީޖާ ފާހަގަކުރެއްވި އެވެ.

މި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން އެއް ފިޔަވަޅުކަމަށް ޒަމީރު ފާހަގަކުރެއްވީ އިކޮނޮމިކް ރިފޯމް އެޖެންޑާ އެވެ. ބައެއް ތަފްސީލުތައް ހިއްސާ ކުރައްވައި ޒަމީރު ވިދާޅުވީ ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް އެދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭކަމަށެވެ. އަދި އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ނިމި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކުރެވޭތީ، ފަތުރުވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއެކު، 2025 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް ވިދާޅުވިއެވެ.

ވަނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާކަމުގައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ.

މިނިސްޓަރު ވިދާޅުވީ މާލީ ވުޒާރާއިން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓު އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަރުހަލާތަކަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާކަމަށެވެ. އެގޮތުން، ބަޖެޓު ބައިކޮށް ފާސްކުރާ ގޮތާ، ބަޖެޓު ތަންފީޒުކުރާއިރު ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުގެނައުމުގެ އުސޫލުތައް ކަނޑައަޅައި، އަންނަ އަހަރު ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައިކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކޮށް، މިނިޒާމުގެ ތެރޭގައި ހުރި ނާޖާއިޒު އަދި ނުހައްގު މަންފާތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކޮށް، މުޅި ނިޒާމުގެ ތެރެއިން ހިނގާ އިސްރާފުތައް ކުޑަކުރަން ޤާނޫނަށް ގެންނަންޖޭހޭ ބަދަލުތައްވެސް ގެނައުމަށްވަނީ ނިންމާފައިކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: