ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް މީހުން ޖަމާވާ ގޮތަށް ކަންކަން ތަރުތީބުވުމަކީ ސަރަހައްދީ ތަރައްގީގައި ފަހަތަށް އެޅޭ ފިޔަވަޅެއް: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް މީހުން ޖަމާވާގޮތަށް ކަންކަން ތަރުތީބުވެގެންދިއުމަކީ ސަރަހައްދީ ތަރައްގީގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަމީންވަނީ ދިވެހިރާއްޖެ ގުދުރަތީގޮތުން އުފެދިފައި އޮންނަ ގޮތުގެ ސަބަބުން ސަރަހައްދީ ތަރައްގީގެ މަސައްކަތްތަކަށްވެސް ރިއާޔަތްކުރެވި ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރެވިގެންދިއުން މުހިންމުކަމަށް އިދިކޮޅާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންވެސް ބުނާކަން ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދުގައި އެހެނިހެން ބައިނަލްއަގުވާމީ އެއަރޕޯޓުތައްހުރިކަމަށްވެސް ވިދާޅުވެފައިވާކަމަށެވެ.

އަމީން ވިދާޅުވީ، މީގެކުރިން ވަރަށް ބޮޑަށް ބޭރު ބައެއްގެ އަތްމަތީގައި އޮތް ވިޔަފާރިއެއް ދިވެހިންގެ އަތްމައްޗަށް އައިސް ވަރަށް ބޮޑަށް އެކަމުގެ އިސް ސަފުގައި ދިވެހިން ހަރަކާތްތެރިވަމުންދާއިރު އެތައް ސަތޭކަ އިންސައްތައެއް ޓެކްސް ބޮޑުވާކަމަށްވުމުން އެ ވިޔަފާރިތައް ކުރާ ފަރާތްތަކުން ސަރުކާރުގެ އެކި އެކި ފަރާތްތަކާއި ބައްދަލުކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެކެވިފައިވާ ވާހަކަތަކުގެ އިތުރުން ސަރުކާރުން ދީފައިވާ ޖަވާބުތަކަކީވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާތަކުގެ ތެރެއިން މެމްބަރުންގެ މެދުގައި ހިޔާލު ބަދަލުކުރެވިފައިވާ ކަމެއްކަމަށެވެ.

އެހެންކަމުން ސަރައްދީގޮތުން އަވައްޓެރި ގައުމުތައް ޓެކްސްއަށްވެސް ލުއިތައް ދީގެން ވަރަށް ބޮޑަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ވަގުތެއްގައި ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރު ގާތްވެފައިވާއިރު ޓެކްސް ބޮޑުކޮށްގެން ރާއްޖެއަށް ގެނައުމަށް އެދޭ ފަތުރުވެރިންނަށް އިތުރު ޓެކްސް ބުރަތަކެއް އައުމަކީ ވިސްނާލުން މުހިންމުކަމެއްކަމަށެވެ.

ދާދި ފަހުން ފަތުރުވެރިކަމުގެ ވަޒީރު މަޖިލީހުގައި ދެއްކެވި ވާހަކަތަކުން ސަރަހައްދީ ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި އެމަނިކުފާނުގެ ވަރަށް ބޮޑު ވިސްނުންތަކެއް ހުރިކަން އެނގިފައިވާކަންވެސް އަމީން ފާޙަގަކުރެއްވިއެވެ. އެހެންކަމުން އިތުރު ބަދަލުތަކެއް ގެނައުމަށް މަޖިލީހުން ވިސްނާލުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް ޓެކްސް ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ލުޔެއް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާ ދަތުރުތައް ކުރަމުންދިޔަ އިރު ވަރަށް ބާރުބޮޑުވިކަން ފެނިގެންދާކަމަށާއި އެކަމުގެ ސަބަބުން އުތުރުގެ ރައްޔިތުންނަށް ހާއްސަ ގޮތެއްގައި މަންފާތަކެއް ހާސިލުވެގެންދިޔަކަމަށެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ކަންކަން ތަރުތީބުވެގެން މިދަނީ މާލެއަށް މީހުން ޖަމާވެ ކޮޓަރިތައް ކުއްޔަށް ނަގައިގެން މިތަނުގެ ހޮޓާތަކުން ކައިގެން އިންޑިއާއަށް ދާން ބޭނުންވުމުން ދެވޭ ގޮތަށްކަމަށެވެ. އެހެންކަމުން މިއީ ސަރަހައްދީ ތަރައްގީގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: