ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2025: ފިސްކަލް ހިރާސްތަކަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުރުކުރުން

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުފުލިފައިވާ ފިސްކަލް ހިރާސްތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވަނީ މެދުރާސްތާގައި ދައުލަތުގެ ބަޖެޓާއި، އާމްދަނީއާއި ގުޅުން ހުރި ތަފްސީލުތައް ދެއްވާފަ އެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުނަކީ ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ލާޒިމްކަމެއްކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އަހަރުތަކެއް ވަންދެން ޓެކްސް ދައްކާ ފަރާތްތަކުގެ ކްމްޕަޔަންސް ނުވަތަ ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނުތަކާއި ގަވައިދުތަކަށް ތަބައަވާ މިންވަރު ދަށްވަމުން ގޮސްފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި އިގްތިސާދީ ކުރިއެރުމާއި އެއް ހަމައެއްގައި ދައުލަތުގެ އާމްދަނީ ކުރިއަރަމުން ގޮސްފައި ނުވާކަމަށް ވިދާޅުވި އެވެ.

ޓެކްސް ދައްކާ ފާރާތްތަކުގެ ކޮމްޕަޔަންސް ރަނގަޅު ކުރުމަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާއި މެދު މީރާއިން އަޅަމުންދާ ފިޔަވަޅުތައް މުރާޖައާކޮށް މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމަށް ގާނޫނު އިސްލާހު ކުުރުމުގެ މަސައްކަތްތައް ކުރިޔަށް ދާއިރު ޒަމީރު ވިދާޅުވީ ޓެކުހާއި ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް ވެސް އިސްލާހު ކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ އުފުލިފައިވާ ފިސްކަލް ހިރާސްތަކަށް ރިއާޔަތްކޮށް ހަރަދު ކުޑަކުރުމާއި އެކު، އާމްދަނީ އިތުރު ކުރުމަށް ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ޓެކުހާއި ފީގެ ރޭޓުތައް މަތި ކުރުމަށް ނިންމައި، އިތުރު ޓެކްސްތަކެއްގެ ގޮތުގައި ބޮޑު ކުރުމަށް ނިންމާފައިވާ ޑިޕާޗާ ޓެކްސްއާއި، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީގެ ރޭޓުތަކަށް ގެންނަ ބަދަލު މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މި ބަދަލުތައް ގެންނަނީ ޒަމީރު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތު މީހާއަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި ޓެކްސް ފުލާ ކުރުމުގެ ގޮތުން ރާއްޖޭގައި ބޭނުން ކުރާ އެންމެހައި މުދަލާއި ހިދުމަތުން ދިވެހިރާއްޖޭގައި ޖީއެސްޓީ ނެގޭނެ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް އަންނަ އަހަރުގެ މެދުތެރޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރަން ފެށޭނެކަމަށް ޒަމީރު ވިދާޅުވި އެވެ.

އުފުލިފައިވާ ފިސްކަލް ހިރާސްތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށްވެސް ވާނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރު މަތިކުރަން ވަނީ ނިންމާފައި. މީގެތެރޭގައި ޑިޕާޗަރ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީ ގެ ރޭޓުތައް ހިމެނޭއިރު، މި ބަދަލުތައް ފަރުމާކޮށްފައިވަނީ އާންމު ދިވެހި ރައްޔިތުންނަށް ބުރަ ބޮޑުނުވާނޭގޮތަށް ބަލައިގެން.

މިއާއި އެކު ދެން އަންނާނެ ބަދަލެއްކަމަށް ޒަމީރު ވިދާޅުވެފައި ވަނީ އޮފް ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމުތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމެވެ. އަދި މި ބަދަލުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ރާއްޖެއިން ބޭރުގައި ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ މެދުގައި ޖީއެސްޓީއާއި ގުޅޭގޮތުން އުފެދޭ ޑިސްޓޯޝަންތައް ކުޑަވެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގައި ބޮޑެތި ވިޔަފާރިތަކާއި ވަދަކުރުމުގެ މަގުފަހިވެގެން ދިއުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ކުރު ތަފްސީލެއް މަޖިލީހަށް އިއްވަމުން، މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމާއި ތަންފީޒު ކުރުމުގެ މަރުހަލާތަކަށް އިސްލާހީ ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. އެގޮތުން ބަޖެޓު ބައިކޮށް ފާސްކުރާ ގޮތާއި، ބަޖެޓު ތަންފީޒު ކުރާއިރު ބަޖެޓުގައި އެއްބައިން އަނެއް ބަޔަކަށް ބަދަލު ގެނައުމުގެ އުސޫލުތައް ކަނޑައަޅައި އަންނަ އަހަރު ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ސަރުކާރުން ވިސްނުން ގެންގުޅޭކަން ހާމަކުރެއްވި އެވެ.

ޒަމީރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި ނާޖާއިޒް އަދި ނުހައްގު މަންފާތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކޮށް މުޅި ނިޒާމުގެ ތެރެއިން ހިނގާ އިސްރާފުތައް ކުޑަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މި މަސައްކަތުގެ ތެރެއިން ގެނެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: