ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހުސްވީމަ ހުސްވީ“ ނަމުގައި އެސްޓީއޯއިން ވެއަރ ހައުސް ސޭލް މިއަދު ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭހެން ”ހުސްވީމަ ހުސްވީ“ ނަމުގައި އެސްޓީއޯއިން ވެއަރ ހައުސް ސޭލެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 4 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓުތައް އަޅުވާފައި ހުންނާނެ އެވެ.

”ހުސްވީމަ ހުސްވީ“ ގެ ނަމުގައި ބާއްވާ މި ވެއަރ ހައުސް ސޭލްގައި ހިމެނޭ ބްރޭންޑް ތަކުގެ ތެރޭގައި:

  • ހިޓާޗީ
  • މަކިޓާ
  • ނިޕޯން ޕެއިންޓް
  • ރެމިންގްޓަން
  • ރަސްލް ހޮބްސް

މީގެ އިތުރުން ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ 80 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެކެވެ.

އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއަރ ހައުސް ސޭލް ކުރިއަށް ދާނެ ގަޑި ތައް:

  • 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
  • 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
  • 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
  • 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00

އެސްޓީއޯއިން ކުރިއަށް ގެންދާ މިވެއަރ ހައުސް ސޭލްގެ ތެރެއިން 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއަރ ހައުސް ސޭލް ނިމުމުން ނެގޭ ގުރުވަތުގައި ނަސީބުވެރި އެއް ފަރާތަކަށް ހާއްސަ ބޮޑު އިނާމު ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: