ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތައް ކަސްޓަމްސްގެ ގަވާއިދަށް ބަދަލުތަކެއް!

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދު މިހާރު ބުނާ ގޮތުން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމާއި އަދި ރާއްޖެއިން ބޭރުކުރުން ހުއްދަ ކޮންމެ އެއްޗެއް ބެހެއްޓުމަށް ބޮންޑެޑް ވެއާހައުސްއެއް ރަޖިސްޓްރީ ކުރެވެއެވެ. އެހެންނަމަ ވެސް އެ ގަވާއިދުގެ މި މާއްދާ އިސްލާހުކޮށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، އީ- ސިނގިރޭޓާއި ވޭޕް އަދި އޭރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުހިމެނޭ ގޮތަށެވެ.

މީގެކުރިން ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން ޑިއުޓީ ދައްކަމުން ދަނީ ބޮންޑެޑް ވެއާހައުސް އިން މުދާ ނެރޭ މިންވަރަކަށެވެ. ގެނެވުނު މި އިސްލާހާއިއެކު މި ބާވަތްތައް އެތެރެކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުދާ ކްލިއާ ކުރާއިރު މުޅި ޝިޕްމަންޓަށް ޑިއުޓީ ދެއްކުން ލާޒިމުވާނެއެވެ.

ބަނގުރަލާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރެވޭ ގޮތަށް އޮތް މާއްދާ ވެސް ވަނީ އިސްލާހުކޮށްފައެވެ.

ކަސްޓަމްސްގެ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ކަސްޓަމްސްއިން ހުއްދަ ކުރާ މިންވަރަކަށް ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސްއަކުން ޝިޕް ސްޓޯސްގެ ގޮތުގައި އިމްޕޯޓް ޑިއުޓީއިން އިސްތިސްނާވާ ގޮތެއްގެ މަތީން މި ބާވަތްތައް ދޫކުރެވެއެވެ. އެހެންނަމަވެސް އެ ބައި އުނިކޮށް މިހާރު ވަނީ ބަނގުރަލާއ،ި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއ،ި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރަން ހުއްދަ ނުދެވޭ ގޮތަށް ހަދައިފައެވެ.

ކަސްޓަމްސްގެ ގަވާއިދަށް މި އިސްލާހުތައް ގެނެސްފައި ވަނީ ވޭޕް މަނާ ކުރުމާ ހަމައަށް ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިއަދުން ފެށިގެން ބޮޑުކޮށްފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: