ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު ނޮވެމްބަރު 9 އަކުން ނޮވެމްބަރު 23 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.
ޕީއެންސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިން ނިންމާފައިވާ ގޮތަށް ނޮވެމްބަރު 9 ގައި އިންތިހާބު ނުބާއްވަން ނިންމީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11ވަނަ ދުވަސް އެއީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު ނޮވެމްބަރު 10 ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމުން ކަމަށެވެ. އެހެންކަމުން ނޮވެމްބަރު 9 ގައި އިންތިހާބު ބާއްވައިފި ނަމަ ދަތިތައް ކުރިމަތިވެދާނެތީ އިންތިހާބު ފަސްކުރީކަމަށް އެ ޕާޓީން ބުންޏެވެ.
މީގެއިތުރުން ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވުމާ އެކު ނޮވެމްބަރު 9 ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ކުރިމަތިވެދާނެ ކަމަށާއި ވޯޓު ނަގާ ތާރީހު އެހެން ތާރީހަކަށް ބަދަލުކޮށްދިނުމަށް އެދި ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދިފައިވާކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.
ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީހު ބަދަލުވުމާ ގުޅިގެން އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހު އާންމު ޕީއެންސީން އާންމު ކުރާނެ އެވެ.

