ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކުގެ ދައުރު ބޮޑުވުމަކީ ދެކެން ބޭނުންވާ މަންޒަރެއް: ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލުތަކަށް އޮންނަ ހިއްސާއާއި ދައުރު މިހާރަށް ވުރެ ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރު އަދި އުންމީދުކުރާ ދުވަސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ވޭމަންޑޫގައި ބޭއްވި އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކާ މަޝްވަރާކުރަން ތިބޭ ބަޔަކީ ކައުންސިލުތައްކަމަށެވެ.

”ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއް ރައްޔިތުންނާ ހަމައަށް އައިސްގެން ކަމެއް ކުރާ ކަމަށް ވާނަމަ، އެ ކަމެއްގައި ރަށްރަށުގެ ކައުންސިލްގެ ދައުރު އޮންނަންޖެހޭ,“ ވަޒީރު ވިދާޅުވިއެވެ. ”ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ކައުންސިލުގެ ހިއްސާ އިތުރުވާންޖެހޭ އަދި އިތުރު ކުރަންޖެހޭ.“

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ތަޢާރަފުކުރެވުނީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެންނެވެ. އަދި މިހާތަނަށް ލާމަރުކަޒީ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް ގެނެވިފައިވާ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް މި ނިޒާމު ރަނގަޅުކުރުމަށް މަސައްކަތްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ލާމަރުކަޒީ ނިޒާމު ފުރަތަމަ ތަޢާރަފުކުރެވުނު އިރު، ނިޒާމުގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ހުރި,“ ވަޒީރު ވިދާޅުވިއެވެ. ”އެހެންނަމަވެސް ރައްޔިތުންގެ ޙައްްޤުގައި ބަސްބުނަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން. ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ފުރުޞަތާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ވިދާޅުވުމުގެ ފުރުޞަތު ކައުންސިލަރުންނަށް ލިބިފައިވޭ.“

ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024 ގައި ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަތޮޅުގެ ކަންކަން ބަލަހައްޓަވައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ޚާއްޞަ މަންދޫބުންނާއެކު ގާތްގަނޑަކަށް 40 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: