ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އުުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ”ވާނުވާ ބަންދުގައި“ ޝަރީއަތް ނިމެންދެން ތިބި މީހުންގެ ތެރޭގައި މިހާރު ގިނައިން ތިބީ ޖިނާއީ ބޮޑެތި ކުށްތަކުގައި ތިބި މީހުން ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދު ކޮށްފައި ތިބި މީހުންނާއި، ބޮޑެތި މާރާމާރީއާއި، މަސްތުވާތަކެތި ޓްރެެފިކް ކުރުމާއި، މީހުން މެރުން ފަދަ ކުށްތަކުގައި ބަންދު ކޮށްފައި ތިބި މީހުން އޭގެ ތެރޭގައި ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ޙައްލު ކުރުމަށް ޤާނޫނު އިސްލާޙު ކުރި ނަމަވެސް ޖުމުލަ ހައްލެއް ނުލިބޭނެ ކަމަށާއި، އެ މައްސަލަ ހައްލުވާނީ ޝަރީއަތްތައް އަވަސް ވެގެން ކަމަށެވެ.

އެންމެ އަވަސް ހައްލަކަށްވާނީ ޝަރީއަތްތައް އަވަސްވެގެން ދިއުން، ޝަރީއަތްތައް އަވަސް ކުރެވެން އަންނަނީ ކޯޯޓުގެ ރިސޯސްތައް އެކަށީގެންވާ ގޮތެއްގައި ޤާއިމު ކޮށްދެވިގެން، އެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ކުރަނީ

އުޝާމް ވިދާޅުވީ، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މިހާރު އަމަލީ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ވޭތުވެދިޔަ 10 އަހަރު ތެރޭގައިވެސް މި މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް މިހާރު ހުޅުމާލޭގައި ކްރިމިނަލް ކޯޓަށް ޖާގަ ހަމަޖެއްސުމަށްޓަކައި އިމާރާތުގެ މަރާމާތު މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރައްވައި އުޝާމް ވިދާޅުވީ، ވަރަށް އަވަހަށް އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

އެހިސާބުން މައްސަލަތައް ކުރިއަށް ގެންދިއުމަށް އެއްވެސް ބަހަނާއެއް ނޯންނާނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޤާނޫނީ ގޮތުން ގެންނަންޖެހޭ ޙަައްލުތައް ގެނައުމަށް ކަފާލާތުގެ އެކަށީގެންވާ ނިޒާމެއް ޤާއިމު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ހުށަހަޅާފައިވާނެކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ އެއީވެސް މި މުޅި މައްސަލަ ހައްލު ކުރުމަށް ބޭނުންތެރި ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: