ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު ބުނާގޮތަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުގައި ބުނާ ގޮތުގެ މަތިން ކައުންސިލްތަކަށް ދޫކުރަން ޖެހޭ ބްލޮކް ގްރާންޓުގެ ފަސް އިންސައްތަ ބަޖެޓު ފާސްވުމާއެކު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކައުންސިލްތަކަށް ދޭން ޖެހޭ ބަޖެޓުގެ ބޮޑު ބައެއް އުނިކޮށްފައިވާކަމަށް އެމްޑީޕީ ތުހުމަތު ކުރަން ފެށީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުން ދަނީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ކައުންސިލްތަައް ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 160 އަށް ވުރެ ގިނަ ކައުންސިލްތަކާއި ބައްދަލު ކުރެވިފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މެމްބަރުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް، ކަމާއި ބެހޭ ވުޒާރާތަކަށް އަންގަވާފައިވާނެކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ފާސް ކުރާ ބަޖެޓާއި އެކު ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ބަޖެޓުން  ދޫކުރާނެކަމަށެވެ. އަދި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ވަކި އިންސައްތައެއް ހާވާލުކުރުމަށް ގާނޫނު އިސްލާހުކުރުމަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ގާނޫނުގައި ލިޔެވިފައި ހުރެމެ ކައުންސިލަތަކާއި ހަވާނުކޮށްހުރި ކަންކަން ހަވާލު ކުރައްވާނެ ކަމަށެވެ. އަދި މިހާރު އެކަމުގެ ކެބިނެޓް މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށްލުމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދުކޮށް އެ ފައިސާ އެހެންކަންކަމަށް ހަރަދުކުރުމުގެ ގާނޫނީ ބާރެއް ދައުލަތަށް ލިބިގެން ނުވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ، ޑިމޮކްރެޓްސް ވެސް ކައުންސިލްތަކުގެ ބަޖެޓު ކުޑަކޮށް ބްލޮކް ގްރާންޓު ކުރީ އަހަރަށް ވުރެ މަދުކޮށްފައިވާކަމަށް ބުނެ ބަޔާނެއް އާންމު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: