ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ޙާލަތެއްގައި އާސަންދައިގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ: އެންސްޕާ

އާސަންދަ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ޙާލަތެއްގައި އާސަންދައިގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އާސަންދަ ސްކީމްގެ ޚިދުމަތްތައް ދިނުމަށްޓަކައި އެންސްޕާއިން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އާސަންދަ ސްކީމްގެ އިސްލާޙީ މަސައްކަތުގެ ތެރެއިން، ސްކީމުގެ ދަށުން ޚިދުމަތް ދިނުމުގައި ބަދަލުތަކެއް ގެނައުމަށް އާސަންދަ ކުންފުނިން ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ހިއްސާ ކުރަމުން އެންސްޕާއިން ބުނެފައިވަނީ، ކަމުގެ ހަގީގަތް އޮޅޭގޮތަށް އެކި ފަރާތްތަކުން މައުލޫމާތު ހާމަކުރަމުންދާ ކަމަށާއި، އެއީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެންސްޕާއިން މައުލޫމާތު ދޭ ގޮތުގައި އެއްވެސް ފަރާތަކަށް އަމިއްލަ އިންޝުއަރަންސްގެ ޚިދުމަތް ނުލިބޭ ޙާލަތެއްގައި އެ ފަރާތަކަށް އާސަންދަ ސްކީމްގެ ދަށުން މިހާރުވެސް ޚިދުމަތް ލިބޭގޮތަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެއެވެ.

އޭގެ އިތުރުން، އަމިއްލަ އިންްޝުއަރަންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓުތައް ހުއްޓާލިކަމުގައިވީނަމަވެސް އަމިއްލަ އިންޝުއަރެންސް ޕޮލިސީން ޚިދުމަތް ނުލިބި އަދި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ޙާލަތެއްގައި އާސަންދައިގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެއެވެ.

އެހެންކަމުން ކަމާއި ގުޅުންހުރި ސައްޙަ މައުލޫމާތު ސާފު ކުރެއްވުމަށް އެންސްޕާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ކަންކަމާ ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ބޭނުންފުޅުވާނަމަ އާސަންދަ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެކަމަށް އާސަންދައިން ބުންޏެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 82%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: