ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މީހަކަށް އާސަންދަ ކަނޑައެއް ނުލާ، ކުރެވެމުންދަނީ އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތެއް: އެންސްޕާ

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދައިގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އެއްވެސް މީހެއްގެ އާސަންދަ ކަނޑާލެވިފައި ނުވާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، އާސަންދައިގެ ނިޒާމު އިސްލާހުކުރުމަކީ ދިގު މުއްދަތެއް ވަންދެން އަޑުއިވެމުން އައި ކަމެކެވެ. އަދި އާސަންދަ ލިބެންވާ ފަރާތްތަކަށް އެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާތައް ވެސް އަބަދުމެ އޮވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން އާސަންދައިގެ ނިޒާމު ބޭނުންކުރެވެމުން އައީ ނަހަމަ ގޮތުގައެވެ.

މިހާރު ސަރުކާރުން ފަށާފައިވާ މަސައްކަތަކީ އާސަންދައިގެ މުޅި ނިޒާމު އިސްލާހުކުރުމުގެ މަސައްކަތްކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިހާރު ގެނެވިފައިވާ ބަދަލުތަކަކީ މި ފުޅާ މަސައްކަތުގެ ފެށުން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

އާސަންދައިގެ ނިޒާމަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް އެންސްޕާއިން ވަނީ އިތުރު ތަފްސީލު ދީފައެވެ. އެގޮތުން، އާސަންދަ ކަނޑާލިކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު، ސައްހަނޫން މަޢުލޫމާތު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެންސްޕާއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އެއްވެސް ފަރާތެއްގެ އާސަންދަ ކެނޑިގެނެއް ނުދާނެއެވެ. ނަމަވެސް، ޕްރައިވެޓް އިންޝުއަރެންސްއާއި އާސަންދަ އެކުއެކީގައި ބޭނުންކުރުން ހުއްޓުވިގެންދާނެއެވެ. އެހެންނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ޕްރައިވެޓް އިންޝުއަރެންސް ނުވަތަ އާސަންދައިގެ ތެރެއިން ބޭނުންވާ ޚިދުމަތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެއިތުރުން، މިހާރު ގެނެސްފައިވާ ބަދަލުތައް ސަރުކާރުގެ ޕަބްލިކް ހޮސްޕިޓަލުތަކަށް ނުހިނގާނެކަމަށްވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލު އަދި ރަށްރަށުގެ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން ކުރިއެކޭ އެއްފަދައިން އާސަންދައިގެ ޚިދުމަތް ލިބެމުންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: