ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހަށް ހަރަދު ވަނީ ހަތް ހާސް ރުފިޔާ، ކުންފުނިން އާސަންދައަށް ބިލު ކުރަނީ 24،000 ރުފިޔާ

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތް ހާސް ރުފިޔާ ހަރަދުވާ ބޭހެއް، 24،000 ދިވެހި ރުފިޔާއަށް އަށްކަމަށް ބުނެ އާސަންދައަށް ބިލު މައްސަލައެއް ފެންމަތިވެފައިވާކަން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.

ހީނާ މިފަދައިން ވިދާޅުވީ އިންޝުއަރެންސްއަށް ގެނައި ބަދަލާއިއެކު، އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުމެއް، ސާފުކޮށްދެއްވާ ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އާންމުންގެ މީހަކު ޕޯސްޓުކޮށްފައިވާ މެސެޖުގައި ވަނީ އިންޝުއަރެންސްއަށް ގެނައި ބަދަލުގެ ކުރިން އޭނާގެ މަންމައަށް ލޮލަށް ފަރުވާ ކުރުމަށް ބޭނުންވާ 24،000 ރުފިޔާގެ އިންޖެކްޝަންގެ، މުޅި ހިދުމަތަށް 2011 ވަނަ އަހަރުން ފެށިގެން އާސަންދަ ލިބުނު ކަމަށެވެ. އެހެން ނަމަވެސް އައު ބަދަލާއި އެކު، އާސަންދަ ހިދުމަތް ނުލިބޭކަމަށް ވިދާޅުވި އެވެ.

މައްސަލަ އޮޅުންފިލުވައްދެއްވަމުން ހީނާ ވިދާޅުވީ ވިދާޅުވީ މިއީ، އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުޞޫލުތަކުން ބޭރުން ކަންކުރުމުގެ މިސާލެއްކަމަށެވެ. އެގޮތުން އާސަންދައިގެ ބޭސް މުރާޖައާ ކުރުމުގެ ތެރެއިން އެންމެ ހަރަދު ބޮޑު އެއް ބޭސް ލުސެންޓިސް އިންޖެކްޝަންގެ އަގު ބެލުމުގެ ތެރެއިން ފޮނުވި އިންވޮއިސްގައި ބޭހުގެ އަސްލު އަގަށް ވުރެ ބޮޑުކޮށް ބިލު ކުރާކަން ފާހަގަ ކުރެވުނުކަމަށް ހީނާ ވިދާޅުވި އެވެ.

އެގޮތުން 500 ޑޮލަރުގެ މި ބޭސް ގެނެސް، ދިވެހި 23،000 ރުފިޔާ އާސަންދައަށް ބިލުކޮށްފައިވާކަމަށް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވި ގޮތުގައި މިއީ 18 ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 ރުފިޔާގެ ފައިދާއެކެވެ.

ހީނާ ވިދާޅުވީ ރާއްޖެއަށް މި ބޭސް ރާއްޖެއަށް އެތެރެ ކުރަމުން ދަނީ ވެސް އެ ބޭސް އެތެރެ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިން ނޫންކަމަށެވެ.

ލޮލުގެ ފަރުވާގެ ޚިދުމަތްދޭ މި ފަރާތުން ބޭސް ވިއްކާފައި ވަނީ، ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް ޕްރިސްކްރިޕްޝަންއަށްކަމަށް ފާހަގަކޮށް ހީނާ ވިދާޅުވީ ސްކީމްގެ ތެރެއިން މި އިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައި ވަނީ އެ ކުންފުނިން ކަމަށެވެ.

ހީނާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި ނުވާ އިންޖެކްޝަންއަކަށް ބިލުކޮށްފައިވުމާއި، އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުން ދިޔައިރު، އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގައިފައިނުވާކަމަށެވެ. މިކަން ފާހަގަވީ މި ސަރުކާރުން މަސައްކަތް ފަށައި، އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިންކަމަށް ހީނާ ވިދާޅުވިއެވެ.

މި ކަން ހުއްޓުވުމަށް ފިޔަވަޅު އަޅައި އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރުވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދާކަމަށާއި، މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުންކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއްކަމަށެވެ. މިހެން ދިމާވަނީ ޒަމާނުއްސުރެ މި ނިޒާމުގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލައަކަށް އެޓެންޑް ނުކުރެވި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުންކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން، އެކަން ބަދަލުކޮށް އިސްލާޙު ކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 86%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: