ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެވޯޑު މައްސަލައިގައި އޭސީސީ އެމްއެމްސީ އޮފީހަށް ވަދެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން/ ފޮޓޯ: އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިކަމުގެ އިނާމުގެ މައްސަލަ ގޯސްވެ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ކައުންސިލްގެ އޮފީހަށް ވަދެއްޖެ އެވެ.

ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރާ، އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ އެ ކޮމިޝަނުން އެމްއެމްސީގެ އޮފީހަށް ވަދެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

އެވޯޑު ދިނުމުގައި ނުފޫޒު ބޭނުންކުރިކަމަށް ބުނެ ހުށަހެޅި މައްސަލައިގައި، އެމްއެމްސީ އޮފީހުން އެއްވެސް ލިޔެކިއުމެއް ގެންދިޔަކަމެއް ސާފެއް ނޫނެވެ. އަދި މި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުންކަން ވެސް ސާފުކޮށް ނުދެއެވެ.

މި މައްސަލައިގައި ގޯސްވެފައި ވަނީ އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ދިން ނޫސްވެރިކަމުގެ އެވޯޑެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ ދީފައިވާ އިންޓަވިއުއަކަށް ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި އެމަނިކުފާނަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގާތްވެފައި ވަނިކޮށް، އާންމުކުރި އެ ވީޑިއޯގައި ދައްކާ ވާހަކަތައް ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ދޮގު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ޒާތީ ދިރިއުޅުމާއި، އާއިލީ ވާހަކަތަކެއް ހުރި އެ ރިޕޯޓަކީ މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލަށް ބެލުމެއް ނެތި އާންމުކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަމަށް ބުނެ އެމްއެމްސީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ބަޔާނެއް ވެސް ނެރުނެވެ.

އެމްއެމްސީގެ އެވޯޑު ހަފްލާގައި، އެ ޑޮކިއުމެންޓްރީގެ ޓީޒާއެއް އެޅުވިއިރު ދައުލަތުގެ މީޑިއާއިން އެ ބްރޯޑްކާސްޓު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: