ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި އެކުލަވައިލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބުމާ އެކު ދިވެހި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާ ކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި އެއްބަސްވުމާ އެކު ދެ ގައުމުގެ ދެމެދު ކުރެވޭ ޔަފާރީގެ ހުރަސްތައް ކުޑަ ކުރެވި ވިޔަފާރީގެ ގުޅުން ވަރުގަދަވެ ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ މަޝްވަރާތައް ކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތައްޔިބު އުރުދުޣާން އާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސައީދު އެކްސްގައި ހިއްސާކުރެއްވި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސަތޭކަ އަށް ވުރެ ގިނަ ބާވަތްތަކުން ޑިޔުޓީ ކުޑަވެގެންދާނެ ކަމަށެވެ.

ރާއްޖޭން ބޭރުކުރާ މަހުގެ ގިނަ ބާވަތްތައް ސުން ޕަސެންޓު ޑިޔުޓީގައި ތުރުކީ އަށް އެތެރެކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ. އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާ އެކު ވެސް އެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ފަށަން ވަނީ ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: