ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ދިރާގަށް އާމްދަނީގެ ގޮތުގައި 691 މިލިޔަން ރުފިޔާ ލިބިފައިވޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ 3 ވަނަ ކުއާޓަރގައި ދިރާގަށް އާމްދަނީގެ ގޮތުގައި 691 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ 3ވަނަ ކުއާޓަރުގައި ދިރާގަށް 691 މިލިޔަން ރުފިޔާ ލިބުނު އިރު 2ވަނަ ކުއާޓަރގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 687 މިލިޔަން ރުފިޔާއެވެ.

3 ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މޯބައިލް ޚިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދެވެ. އެއީ 363 މިލިޔަން ރުފިޔާއެވެ. ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސްގެ ދާއިރާއިން ލިބިފައިވަނީ 307 މިލިޔަން ރުފިޔާއެވެ. އަދި އެހެނިހެން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 21 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުގެ ރިޕޯޓުން ދައްކައެވެ.

3 ވަނަ ކުއާޓަރުގައި ދިރާގަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ އާމްދަނީއަކީ 282 މިލިޔަން ރުފިޔާއެވެ. އަހަރުގެ 2 ވަނަ ކުއާޓަރގައި މި އަދަދު ހުރީ 277 މިލިޔަން ރުފިޔާގައެވެ.

ޓެކްސްއަށް ކެނޑުމަށްފަހުގައި ދިރާގަށް 3ވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 241 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2 ވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 240 މިލިޔަން ރުފިޔާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: