ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭ ލެވެލްގައި ބައިވެރިވާ ކުދިންގެ އަދަދު ކުރިއަށްވުރެ މަތި: ޑރ. ޝަފީޢު

އެޑިއުކޭޝަން މިނިސްޓްރަ ޑރ. އިސްމާޢީލް ޝާފިޢު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެކުރިން އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުންގެ އަދަދަކީ ގާތްގަނޑަކަށް 1100 އެއްހާ ދަރިވަރުން ކަމަށާއި އެހެން ނަމަވެސް އެ އަދަދު މިހާރު 2000 އަށް މަތިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރަ ޑރ. އިސްމާޢީލް ޝަފިޢު ވިދާޅުވެއްޖެއެވެ.

މާލޭގެ ސީއެޗްއެސްއީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަފީއު ވިދާޅުވީ ރައީސްގެ މި ނިންމެވުމަކީ ގާތުން ތައުލީމް ދިނުމުގެ ސިޔާސަތު ހަރުދަނާ ވެގެން ދިޔަ ނިންމުމެއް ކަމަށެވެ. ރާއްޖޭގައި ދަމަހައްޓަމުން  އަންނަ  މައިގަނޑު އެއް ސިޔާސަތަކީ ކުއްޖާޔާއި ވީހާވެސް ކައިރިން ތައުލީމް ފޯރުކޮށްދިނުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

ސީއެޗްއެސްއީ އުވި ހުޅުމާލޭގައި ސީއެޗްއެސްސީ އުފެދި ގިނަ ދަރިވަރުންތަކެއް މާލެއިން ހުޅުމާލެއަށް ދުތުރުކުރަން ޖެހުން އޮތީ ތަކުލީފުބޮޑު އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސްކުރެވުނު ކަމަކަށް ވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ވަރަށް ގިނަ ސިޓީތައް، ވަރަށް ގިނަ އެދުންތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ބެލެނިވެރިންގެ ފަރާތުން ލިބުނީ ތިމަންނާމެންނަށް ވަރަށް ދަތި ވެއްޖެއޭ. ވާރޭ ވެހޭ ދުވަސްތަކުގައި ހޫނު ގަދަ އަވިގަދަ ދުވަސްތަކުގައި. އެކި އެކި ގަޑިތަކަށް ކުދިން ގޮވައިގެން ސީއެޗްއެސްސީ ހުޅުމާލެއަށް ދާން ޖެހުމަކީ ހަމަ ޔަގީނުންވެސް އެކަމުގެ އުނދަގުލާއި ތަހައްމަލު ކުރަންޖުހުނު ވޭން ވަރަށް ގިނަ ބޭފުޅުން އުފުލި ކަމެއް“

މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގެ ރަސްމީ ތައުލީމުގެ ވަރަށް މުހިންމު ތާރީހުތަކެއް ވާކަމަށެވެ. ދިވެހިރާއްޖޭގެ ތައުލީމު ދިނުމުގެ ކަންކަން މީލާދީން 1600 ވަނަ އަހަރު ގައިވެސް އަދި 1882 ވަނަ ހިސާބުގައިވެސް މާލޭގައި ރަސްމީ ލެވެލްއެއްގައި ކުރިއަށް ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ނިޒާމީ ލެވެލްއެއްގައި ދިވެހިރާއްޖޭގެ ތައުލީމް ދޭން ފެއްޓުނީ 1927 ވަނަ އަހަރު މަޖީދިއްޔާ ސްކޫލު ހުޅުވުމާއި ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ދިވެހި ދައުލަތުގެ ފަރާތުން ވަރަސް ހާއްސަ ސްކޫލެއް ހުޅުވިގެން ދިޔަ ކަމަށާއި އެއީ 1944 ވަނަ އަހަރު ހުޅުވި އަމީނިއްޔާ ސްކޫލު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތައުލީމުގެ ނިޒާމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދިޔައީ 1879 ވަނަ އަހަރު ސީއެޗްއެސްސީ މާތީ ޘާނަވީއަށް ހާއްސަވެ ހުޅުވުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް ސީއެޗްއެސްއީ އުވި ގިނަ ރައްޔިތުންނަށް އުނދަގޫ ވާގޮތަށް ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގަމު ދިޔަ ކަމަށެވެ. އެހެންނަމަވެސ މިކަން ސަރުކާރުން އިޔާދަކޮށް އަލުން ފަށާއިރުގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކަށް ވެފައިވަނީ އޯލެވެލް ނިންމާ ދަރިވަރުންނަށް ވީހާވެސް ގިނަ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން އޭ ލެވެލްގައި އިންވޯލްވް ވާ ދަރިވަރުންގެ އަދަދަކީ ގާތްގަނޑަކަށް 1100 އެއްހާ ދަރިވަރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިޙާރު އެއަދަދު ވަނީ 2000 އާއި ގާތް ކުރާ އަދަދަކަށް މަތިވެފައި ކަމަށް ވިދާޅުވިއެވެ. މުޅި ރާއްޖޭގެ ޕަބްލިކް ހުރިހާ ސްކޫލުތަކަށް އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކުގައި އޭލެވެލް ކިޔަވައިދޭ މިންވަރަކަށް ބަލާނަމަ މިދިޔަ އަހަރަށް ވުރެ 800 ކުދިންނަށް ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ނަތީޖާއަކަށް ވެގެން ރައީސް އެމަނިކުފާނުގެ ޒާމަތާއި ހަވާލުވުމަށްފަހު ވިދާޅުވި ފަދައިން ފިކުރީ ގޮތުން ގައުމު ތަރައްގީ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިގެން ދިއުން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: