ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ބުނާ ގޮތަށް މަޝްރޫއުތައް ކުރިއަކަށް ނުދޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ބުނާ ގޮތަށް މަޝްރޫއުތައް ކުރިއަށް ނުދާ ކަން އެންމެންނަށް ވެސް އިނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕެނަލް ޑިސްކަޝަންގައި 2025 އަށް ސަރުކާރުން ހުށައަޅާފައި އޮތީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 39.8 ބިލިއަން ކަމަށް ފާހަގަކޮށް ޝަމްހީދު ވިދާޅުވީ ބަޖެޓުގެ ތެރޭގައި ވަރަށް ގިނަ ތަފްސީލުތައް މަދު ކަމަށެވެ. ޝަމްހީދު ވިދާޅުވީ ބަޖެޓުގެ ތެރޭގައި ހާއްސަކޮށް ރައްޔިތުންނާއި ގުޅޭ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ، ޕެންޝަނާއި ގުޅޭ ގޮތުން އަދަދުތަކެއް އުނިވެފައި ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލެއް ބަޖެޓު ފޮތުން ފެންނާން ނެތް ކަމަށް މެމްބަރު ވިދާޅުވި އެވެ.

ބަޖެޓު ހުށައެޅުމުގެ ކުރިން އަވަސްއަރުވައިލައިގެން ވަރަށް ގިނަ ޓެކްސް ބިލް ތަކެއް ފާސްކުރި ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ސިނގިރޭޓުން ނަގާ ޓެކްސް އާއި ޓީޖީއެސްޓީއާއި އެއާޕޯޓް ޑިޕާޗާ ޓެކްސްއާއި އެހެންގޮސް ބައިވަރު އާމްދަނީ އިތުރު ކުރުމުގެ ޓެކްސް ހުރި ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިއީ ރިއަލިސްޓިކް ބަޖެޓެއްތޯ ނުވަތަ ނޫންތޯ އިގްތިސޯދީ ހާލަތާއި ބައްދަލުތޯ ނުބައްދަލުތޯ ބަލާއިރު ސަރުކާރަށް ހަވާލުވީ 2023 ވަނަ އަހަރުގެ ވެސް ބަޖެޓާއި އެކުކަމަށް ޝަމްހީދު ވިދާޅުވިއެވެ. 2023ގައި ސަރުކާރުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް އިތުރުކުރި ކަމަށާއި އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އިތުރު ކުރި ނަމަވެސް ފެނިގެންދިޔައީ 2024 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ގާތް ގަނޑަކަށް 500 މިލިއަން މަދުވެގެން ދިޔަ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ޝަމްހީދު ވިދާޅުވީ ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ އިތުރުވާ މަންޒަރު ނުފެންނަ ކަމަށެވެ.

މި ބަޖެޓުގެ ހަރަދުގެ ބައި އިނީ ވަރަށް ބޮޑަށް އަންޑަރ އެސްޓިމޭޓް ވެފައި. ހަރަދު ވަރަށް ބޮޑަށް އަންޑަރއެސްޓިމޭޓް ކޮށްފައި ރެވެނިއު ސައިޑު އާދަޔާ ހިލާފަށް މީނި އޯވަރ އަންޑައެސްޓިމޭޓްކޮށްފަ. އިނގިވަޑައިގަންނަވާނެ ސަޕްލިމެންޓަރީ ބަޖެޓާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އެބައިން ރިޕޯޓެއް ތައްޔާރުކޮށްފަ. އެ ރިޕޯޓުގައި އިންނަނީ ސަޕްލިމެންޓަރީ ބަޖެޓުގައި ހުރި އިންފޮމެޝަން ތަކަށް ބަލައިފައި 4 ބިލިއަން ކަސްޓަމް ޑިއުޓީއަށް ލިބޭނެ ކަމަށް. އެކަމަކި އޮޑިޓަރ ޖެނެރަލް ވިދާޅުވަނީ އެކަމަކު ފެންނަނީ 2.9 ބިލިއަނޭ. އަނެއް ބާކީ ދިޔަތަނެއް ނޭންގެއޭ

ހިލޭ އެހީގައި ލިބިފައިވާ އަދަދާއި ގުޅޭގޮތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވި ކަމަށެވެ. ޝަމްހީދު ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައިވާ ކަން އެންމެންނަށްވެސް އެނގޭ ކަމަށާއި ބަޖެޓުގައި ބުނާ ގޮތަށް މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޮޑިޓަރ ޖެނެރަލްވެސް ވިދާޅުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: