ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނީ އިންޒާރުގައި ވަކި ކުށެއް ހިމަނާފައި ނެތުމަކީ، އެ ކުށަށް ދަޢުވާކުރުމަށް އޮތް ހުރަހެއް ނޫން: ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތުހުމަތުކުރެވޭ މީހާއަށް ދޭ ޤާނޫނީ އިންޒާރުގައި ވަކި ކުށެއް ހިމަނާފައި ނެތުމަކީ، އެ ކުށަށް ދަޢުވާކުރުމަށް އޮތް ހުރަހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

އެ ތަފްސީލުތައް ޕީޖީ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ މަރިޔަމް ޝަހުމާ ވަނީ ޕީޖީ އޮފީހުގެ ނިޔާވެހި ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރައްވާފައެވެ.

ޝަހުމާ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައެއްގައި ޖިންސީ ގޯނާ ކުރުމުގެ ދަޢުވާ ދަށު ކޯޓަށް ހުށަހެޅުމުން، ތަޙުޤީޤުގައި ޖިންސީ ގޯނާގެ ކުށަށް ޤާނޫނީ އިންޒާރު ދީފައިނުވާތީ، ސާބިތުނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ދައުލަތުން އެ ނިންމުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ، ތުހުމަތުކުރެވޭ މީހާއަށް ދޭ ޤާނޫނީ އިންޒާރުގައި ވަކި ކުށެއް ހިމަނާފައި ނެތުމަކީ، އެ ކުށަށް ދަޢުވާކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ. އެއި 24 އޮކްޓޫބަރު 2024 ދުވަހު ހައިކޯޓުން ނިންމެވި ނިންމެވުމެކެވެ.

ހައިކޯޓުން އެ މައްސަލައިގައި ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ، ހައްޔަރުކުރެވެނީ ކޮން ޤާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން އެންގުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިގެންވާ ދުސްތޫރީ ޙައްޤެއް ނޫންކަމަށާއި، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރާ ވަގުތު، ކުށް އުފައްދާ ހުރިހާ ޤާނޫނަކަށް، އަދި އެ ޤާނޫނެއްގައި ބަޔާންކުރާ ހުރިހާ ކުށެއްގެ ނަންތައް ހިމަނައިގެން ޤާނޫނީ އިންޒާރު ދީފައި އޮތުން ލާޒިމެއް ނޫންކަމަށެވެ.

އޭގެ އިތުރުން، ދަޢުވާ ކޮށްފައިވާ ކުށް ޤާނޫނީ އިންޒާރުގައި ނުހިމެނޭނަމަ ބަލަން ޖެހޭ ކަންކަމަށްވެސް ހައިކޯޓުގެ ޙުކުމުގައި އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތުހުމަތު ކުރެވުނު ކުށުގެ އަމަލާ ގުޅިގެން އެކަށީގެންވާ ތަހުޤީޤެއް ކޮށްފައިވޭތޯއާއި، ތުހުމަތު ކުރެވޭ މީހާއަށް ކުށާ ގުޅިގެން ދޭންޖެހޭ މަޢުލޫމާތު ދެވިފައި ނެތުމުން ކުރެވުނު ދަޢުވާ އޭނައަށް އޮޅިފައިވޭތޯއެވެ.

ހަމައެއާއެކު، އެކަމުގެ ސަބަބުން ދިފާއު ތައްޔާރުކުރުމަށް ހުރަސް އެޅޭތޯވެސް ބަލަން ޖެހެއެވެ.

ޝަހުމާ ވިދާޅުވީ، މި މައްސަލައިގައި ޖިންސީ ގޯނާގެ ޢަމަލު އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކުރެވިފައިވާތީއާއި، ދަޢުވާލިބޭ މީހާއަށް ދަޢުވާ އޮޅި، ދިފާޢު ތައްޔާރުކުރުމަށް ހުރަސް އެޅިފައިނުވާތީ، ދަޢުވާ ބާޠިލުނުކުރެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: