ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގުން ހޯދާ މުއްސަނދިކަމުގެ މައްސަލަތައް ނުބެލެނީ މުއައްސަސާތައް ފެއިލްވުމުން: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ މައްސަލަތައް ނުބެލެނީ ތަހުގީގީ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތައް ފެއިލްވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އައްބާސް ވިދާޅުވީ، ނުހައްގު މުއްސަނދިކަން ހޯދާތީވެ މީގެ ކުރިންވެސް އެކަމާއި ދެކޮޅަށް ހެދިފައިވާ ގާނޫނުތައް މަދު ނޫންކަމަށެވެ. އަދި ހަގީގަތުގައި އެ މައްސަލައަށް ހައްލުތަކެއް ގެނެވިފައިނުވަނީ ތަހުގީގީ އިދާރާތަކާއި ތަންފީޒީ މުއައްސަސާތަކަށް ނުކުޅެދިފައިވުމުންކަމަށެވެ.

އައްބާސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް ނުހައްގުން މުއްސަނދިކަން ހާސިލުކޮށްފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ވާހަކަތައް ދައްކާކަމަށެވެ. އަދި ކޮންމެ ދައުރެއްގައިވެސް އެއިރެއްގައި އޮންނަ މަޖިލީހުގެ މެމްބަރުންގެ ކިބައިންވެސް އެ ވާހަކަތައް އިވިގެންދާކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު ނުހައްގުން މުއްސަނދިކަން ހޯދާ މީހުންނަށް ކަނޑައެޅިފައިވާ އަދަބުތައްވެސް ނެތީ ނޫންކަމަށާްއި އެފަދަ އަމަލުތައް ހިންގާފައިވާ މީހުން ފެންނަން ނެތީވެސް ނޫންކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަތުގައި އެއްވެސް އެއްޗެއް ނެތި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމަށް ވަޑައިގެންނެވުމަށްފަހު ފަސް އަހަރުގެ ދައުރެއް ނިންމާލައި 18 ބުރީގެ ގެއެއް އިމާރާތްކޮށް ނިންމާލި މަންޒަރުވެސް ދިވެހި ރައްޔިތުންނަށް ފެންނާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެ މަންޒަރުތައް ފެންނާނެކަމަށާއި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރާ މީހަކު ރައީސްކަމަށް ވަޑައިގެންނެވުމަށްފަހު 18 ބުރީގެ އިމާރާތެއް ދައުރު ނިމޭއިރަށް އެޅި މަންޒަރު ފެންނާނެކަމަށެވެ.

އައްބާސް ވިދާޅުވީ، އޭނާ މުޅި އުމުރު ހޭދަކުރެއްވީ ވިޔަފާރީގައިނަމަވެސް އަދި 18 ބުރީގެ އިމާރާތެއް ބިނާކުރެވިފައިނުވާކަމަށެވެ. އަދި ހުރިހާވެސް މައްސަލައަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއި ވަޒީރުންނާއި ތަހުގީގީ އިދާރާތަކުގެ އިތުރުން އޭސީސީއާއި އޭޖީ އޮފީސް އަދި ޖޭއެސްސީއާއި ފަނޑިޔާރުން ގުޅިލާމެހިގެން ވައްކަން ކުރަމުންދިއުންކަމަށް ތުހުމަތުކުރެއްވިއެވެ.

އެހެންކަމުން އިސްވެ ވިދާޅުވި މުއައްސަސާތަކަށް ފާރަވެރިވެގެން ނޫންގޮތަކަށް މަޖިލީހުގައި ކިތަންމެ މޮޅު ވާހަކަތަކެއް ދައްކައި ގާނޫނުތަކެއް ހެދިނަމަވެސް އެއަށް އަމަލުކުރެވިގެންދާތަން ފެނިގެން ނުދާނެކަމަށެވެ. އަދި މީގެ ކުރިންވެސް ބިލުތަކަށް ބަހުސްކުރިއިރު މުއައްސަސާތައް ޒިންމާދާރުކުރުވައިގެން ނޫނީ ގައުމުގެ ކަންކަން އެކަށީގެންވާ މަގަކަށް އެޅުވެން ނެތްކަން ހިއްސާކުރައްވާފައިވާނެކަމަށެވެ.

އައްބާސް ވިދާޅުވީ، މައްސަލައެއް ބަލަމުންދިއުމަށްފަހު ވަކި ހިސާބަކުން ފުލުހުންނަަށް އެކަށީގެންވާ ހެކި ނެތްކަމަށް ހަދައި އެކަމެއް ނިންމާލާކަމަށާއި އެހެންނަމަވެސް ފަސްފުޅި ރިހާކުރު ނަގާ މީހާގެ މައްސަލައިގައި ބަރާބަރަށް އެކަށީގެންވާ މިންވަރަށް ހެކި ހުންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: