ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު ބޮޑުގެ ބިމުގައި ތިން ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.

މިހާރު ވަގުތީ މިސްކިތެއް ހުރި ބިމުގައި އާ މިސްކިތެއް ބިނާ ކުރުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް އެ މަސައްކަތް ކުރެއްވުމަށް ހުށައަޅުއްވާފައިވާ އަމިއްލަ ބަޔަކަށް ކަމަށާއި، އެ މިސްކިތް އެޅިގެންދާނީ ޤުރުއާން ކްލާސްތަކާއި ލައިބްރަރީ ވެސް ހިމެނޭހެންކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މިސްކިތް އެޅުއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތާއި ވަޒީރު ވަނީ ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ.

އަމިއްލަ ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ހަރަދުގައި މިސްކިތް އެޅުމަށް ދިން ހުއްދައިގެ ދަށުން ތަރައްގީ ކުރަމުންދާ 9 މިސްކިތް ދެ އަހަަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: