ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިފްތިތާޙު ކުރެވިގެން މި ދިިޔައީ ބޯހިޔާވަހިކަމުގެ ދަތިތައް ޙައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއް: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ބޯހިޔާވަހިކަމުގެ ދަތިތައް ޙައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް އެއް ވަޢުދުފުޅު ކަމަށާއި، މި އިފްތިތާޙު ކުރެވެނ،ީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއް ކަމަށެވެ.

ރާާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް 5 އިންސައްތަ އިގެ ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ”ހިޔާވެހި ފައިނޭންސް ސްކީމް ”. މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައ،ި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގަބޫލުކުރަން

މިނިސްޓަރ ވަނީ މި ޕްރޮގްރާމްގައި ހިމެނޭ ބައިތަކުގެ ކުރު ޚުލާސާއެއް ވިދާޅުވެދެއްވާފައެވެ. އެގޮތުން މި ސްކީމްގައި 3 ގިންތިިއެއްގެ މާލީ ވަސީލަތް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ 1 މިލިޔަން ރުފިޔާއާ ހަމަޔަށް އަތޮޅުތަކަށް ދޫކުރާ ”ހިޔާވެހި ރަށްވެހި ވަސީލަތާއި“، 3 މިލިޔަން ރުފިޔާއާ ހަމަޔަށް ސަރުކާރުން ކަނޑައަޅާފައިވާ އާރބަން ސެންޓަރުތަކަށް ދޫކުރ،ާ ”ހިޔާވެހި ސަހަރު ވަސީލަތާއި “ އަދި 6 މިލިޔަން ރުފިޔާއާ ހަމަޔަށް ފުރަމާލެއަށް ދޫކުރާ ”ހިޔާވެހި ފުރަމާލެ ވަސީލަތެވެ.“

މިނިސްޓަރު ވިދާޅުވީ، މި ތިން ވަސީލަތަކީވެސް 5 އިންސައްތައިގެ ސާރވިސް ޗާޖަކާއެކު ގިނަ ވެގެން 25 އަހަރުން ދައްކާ ޚަލާސް ކުރާގޮތަށް ދޫކުރާ މާލީ
ވަސީލަތްތަކެއް ކަމަށެވެ.

އޭގެ އިތުރުން، މި ވަސީލަތްތަކަކީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ފައިނޭންސް ސްކީމަކަށް ވާތ،ީ ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: