ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިވަރު މަސް އެއްފަހަރާ ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީއެއް ނެތް: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރި ސިނާއަތަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސް ބާނާ މިންވަރަށް މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ގާއިމުވެފައި ނެތުން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ، ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން މިނިސްޓްރީން ބޭނުންވާ އަގުގައި މަސް ބޭރު ނުކުރެވޭ ކަމަށެވެ. އަދި ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 72،000 ޓަނު މަސް ބާނާއިރު، އޭގެ ތެރެއިން ތައްޔާރު ނުކުރާ މަހުގެ 65 އިންސައްތަ ބޭރަށް ފޮނުވަން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”ކުރީގެ ސަރުކާރުތަކުން މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްފައި ނުވާތީ، މިހާރު ތައްޔާރު ނުކޮށް ހުންނަ ރޯ މަސް ބޭރު ކުރަން މަޖުބޫރު ވެފައި މިވަނީ،“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސް ގަންނަ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ޑިމާންޑް ނެތް ކަމުގައި ވީނަމަވެސް، މަސް ސްޓޯކުކުރެވޭނެ ޖާގަ ނެތުމުން މަސް ބޭރަށް އެކްސްޕޯޓު ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިފްކޯއިން ބޭނުންވާ އަގަކަށް މަސް ނުވިއްކޭ ކަމަށާއި، މަސްވެރިންނަށް އެކަށީގެންވާ އަގު ނުލިބޭ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް ޕްލޭންތަކެއް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބަލާލިއިރުގައި އަޅުގަނޑުމެންގެ ސަރުކާރަށް އައިރު ދިވެހިރާއްޖޭގެ މި ސްޓޯރޭޖް، މަސް ފިނިކޮށް ރައްކާކުރެވޭ ސްޓޯރޭޖްގެ ކެޕޭސިޓީ މި ހުރީ ބޯޓުތައް ހިމެނޭގޮތަށް ތިން ފެސިލިޓީ ފެލިވަރުގައި އަދި ކޫއްޑޫގައި އަދި އައްޑޫ އަތޮޅު ހުޅުދޫގައި މީންދަ ތިން ފެސިލިޓީގައި މީންދީ 4250. މަސްގަންނަ ބޯޓުފަހަރުގެ ކެޕޭސިޓީ އާއި އެކީގައި މީންދީ ގާތްގަނޑަކަށް 8500 ޓަނު ރައްކާކުރެވޭ ވަރުގެ ކެޕޭސިޓީއެއް. ދެން ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާ ބޮޑު އަދަދެއް ހަގީގަތުގައި މިއޮތީ. ލޭންދަކު ވެސް ނޫން މިހުރީ މި ސްޓޯރޭޖް ތަކެއް ބޯޓު ފަހަރުގައި މިހުރީ“

މަސް ރައްކާކުރުމުގެ މުހިންމު ކަން ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް އެންގިފައި ނެތްކަން މިހާރު ހުރި އަދަދުތަކުން އެންގިގެން ދާކަން އެނގިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސްޓޯރޭޖް އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރޭވުންތެރިކަމާއެކު މުޅި ރާއްޖޭއަށް ސްޓޯރޭޖް ފެތުރޭނެ ގޮތަށް ކަންކަން ހަމަޖައްސާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭގެތެރޭގައި ގދ. ތިނާދޫގައި 1000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ، ގދ. ފިޔޯރީގައި 3000 ޓަނުގެ ކެޕޭސިޓީ، ގއ. ކޫއްޑޫގައި 4000 ޓަނު އަދި ސ. ހުޅުމީދޫގައި 500 ޓަނުގެ މަސް ސްޓޯކުރެވޭނެ ކެޕޭސިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މަސައްކަތްތައް ދާ ބާރުމިނަށް ބަލާއިރު އަންނަ އަހަރުގެ ޖޫމް ޖުލައި ހިސާބަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: