ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ދައުލަތަށް ކުޅަދާނަނުވާ ވަރަށް އެއްފަހަރާ ޕްރޮޖެކްޓައް ދޫކޮށްލި: ނަސީރު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ނިމެންގާތްވުމުން ދައުލަަތަށް ކުޅަދާނަނުވާ ވަަރަށް އެއްފަހަރާ ޕްރޮޖެކްޓްތައް އެމްޑީޕީން ދޫކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު އެކަމަށް ރައްދު ދެއްވައި، ސަންގުޓީވީގެ ޙަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މެމްބަރ ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަދުގެ ސަރުކާރުން ހުއްޓާ ނުލާ ކުރިއަށް ގެންދާ ކަމަށެވެ.

ފަށާފައިވާ މަސައްކަތް ނިންމުމަށް ޕީއެންސީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފުރިހަމަ އެއްބާރުލުން ދިން ނަމަވެސް، މަޝްރޫއުތަކުގެ މަސައްކަތްތައް ކޮންޓްރެކްޓަރުން ނުކޮށް ހުރުމަކީ ސަރުކާރުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށް މެމްބަރ ވިދާޅުވިއެވެ. ދައުލަަތަށް އެކަށީގެންނުވާ ވަރަށް އެއް ފަހަރާ ޕްރޮޖެކްޓްތައް ހިންގުމަށް ދޫކޮށްލުމަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބުރައެއް ކަމަށް މެމްބަރ ވިދާޅުވިއެވެ.

“ ޕީއެންސީ ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދިޔައީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ސަޕޯޓްތަކާއި އެއްޗެހި ދެމުން، އެކަމު އެބޭފުޅުންނަށް އެކަންކަން ނުވެ އެ ލަސްވެގެންދާ ދިއުމަކީ އެއީ އަޅުގަނޑުމެން، ސަރުކާރުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން، ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮންޓްރެކްޓްއާއި ހަވާލުކުރެވި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ކުރަމުން މިހާރު އެދަނީ ކުރިއަށް “ މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، އަހަރު ނިމޭ ހިސާބާއި ގާތްކޮށް އެމްޑީޕީގެ ސަރުކާރުން އެތައް ބޮޑެތި ބިލިއަން ޕްރޮޖެކްޓެއް އެއްފަހަރާ ދޫކޮށްލައި ދައުލަތް ބަގިރޫޓު ކޮށްލައިފައިވާ ކަމަށެވެ. އަދުގެ ސަރުކާރުން ދަނީ މަޝްރޫއުތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި 2025 ވަނަ އަހަރު ފެށިގެން އަންނައިރު ރައްޔިތުންގެ ޖީބަށް ތަނަވަސްކަން އަންނާނެ ގޮތަށް ބަޖެޓު ކަނޑައަޅައިފައިވާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ފެށިގެން ދާއިރު، ރައްޔިތުން ދެކެން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: