ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންގެ ދަތިކަން އެބަހުރި، މިވަގުތަށްވެސް 250 ޕްރައިމަރީ ޓީޗަރުން ބޭނުންވޭ: މިނިސްޓަރ ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންގެ ދަތިކަން އެބަހުރި ކަމަށާއި، މިވަގުތަށްވެސް 250 ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުން ކަމަށެވެ. އެގޮތުން ޕްރައިމަރީ ގްރޭޑުތަކަށްވެސް 250 މުދައްރިސުން މިހާރުން މިހާރަށް ބޭނުންވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިނގިރޭސިއާއި ހިސާބު މާއްދާއަށްވެސް ޓީޗަރުން ބޭނުންވާ ކަމަށެވެ. އަދި ވަކިވަކި ސްޓްރީމްތަކަށް ބަލާއިރު، ބިޒްނަސް ސްޓްރީމަށްވުރެ ސައިންސް ސްޓްރީމްގައި ނަތީޖާ  ދަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެކަމާ ގުޅޭ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން، މިހާތަނަށް ބެލި ބެލުމުން ރާއްޖެއިން 130ށް ވުރެ ގިނަ ދަރިވަރުން މުދައްރިސުކަމުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީން އެކަމަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައި، ކޮލެޖްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބޮޑަށް އިސްކަންދޭނީވެސް އެ ދަރިވަރެއްގެ ރަށުގައި ތިބެގެން މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރު 140 އާ ގާތް ކުރާ އަދަދަކަށް ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު، އަންނަ އަހަރު އެންމެ މަދުވެގެންވެސް 150 ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރި ކުރުވުމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓީޗަރުންނަކީ އަބުރުވެރި، ޝަރަފުވެރި ދިރިއުޅުމެއް ލިބިގެންވާ ބަޔަކަށް ހެއްދެވުމަކީ ރައީސްގެ ޚާއްސަ ވިސްނުންފުޅުގެ ދަށުން ބޭނުންފުޅުވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

އަޅުގަނޑުމެން އެބަޖެހޭ މުދައްރިސުންނަކީ ޤަދަރުވެރި ބަޔަކަށް ހަދަން، އިޙްތިރާމް ކުރަން، އެކަން ކުރެވޭނީ ދަރިވަރުންނާ ބެލެނިވެރިންގެވެސް އެހީއާއެކު

މިއަހަރު މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ ދަރިވަރުންނަކީ ޤައުމު ބިނާ ކުރުމުގެ މުހިއްމު ރޯލެއް އަދާކުރާ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިނިސްޓަރ ވަނީ މިފަދަ މުހިއްމު ޕްރޮގްރާމެއް އިފްތިތާޙު ކޮށްދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: