ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެއްޖެނަމަ، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ: އައިފާން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ފައިސާއަށް ނުވަތަ ދަޢުލަތުގެ ފައިސާއަށް ހިޔާނަތްތެރިވެއްޖެނަމަ، އެ ބަޔަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޙަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން އައިފާން ވިދާޅުވީ، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްވެއްޖެ ނަމަ، އެ މައްސަލައެއް ބަލައި އެ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އެގޮތަށް އަމަލުކޮށްފި ނަމަ، އަންނަން އޮތް ޖީލުތަކަށާއި އަދި މުސްތަޤްބަލުގައި ވައްކަމާއި ކޮރަޕްޝަން ހިންގާ ފަރާތްތައް މަދުވެގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ކުށެއް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަކީ، އެއްވެސް ފަރާތަކަށް އަނިޔާއެއް ދިނުން ނޫން ކަމަށާއި، އެއީ ޤައުމުގެ ޤާނޫނާއި ޤަވައިދުތައް ތަންފީޒު ކުރުން ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.

“ އަންނަން އޮތް ޖީލުތަކަށް ނޫނީ މުސްތަޤް ބަލުގައިވެސް މިކަންކަން ކުރަންތިބި މީހުންވެސް މި ކަންކަމާއި ދުރުހެލިވާނީ، އެ ކުއްށެއް ކުރާ މީހަކާއި ދޭތެރޭ ފިޔަވަޅު އެޅުމަކީ އޭނާ ކުރާ ކުށަކަށް އަދަބު ލިބުމަކީ އެއްވެސް ހާލެއްގައި މީހަކަށް އަނިޔާ ވެރިވުމެއް ނޫން، އެޔަކީ ޤައުމުގެ ލޯ އެންޑް އޯޑަރ އެބަޖެހޭ ޤާއިމު ކުރެވެން “ މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، އެފަދަ މައްސަލަތައް ރަނގަޅު ނުކުރެވިއްޖެ ނަމަ އަބަދުވެސް ފެނިގެންދާނީ ޤައުމު ދަރަނިވެރިވާ ތަން ކަމަށެވެ. އެހެން ކަމުން އެފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ އިންސާފް ޤާއިމުކުރެވިގެން ކަމަށާއި އަދި ދައުލަތުގެ ތެރެއިން ވައްކަން ކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ބަލަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސަރުކާރުން ނިމިގެން ދިޔައިރު ނުދައްކައި ހުރި އެތައް ފައިސާއެއް ހުރިކަމަށާއި އެ ފައިސާތައް 2025 ވަނަ އަހަރުގެ ބަޖެޓުން ދައްކަންޖެހިފައިވާ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ. ނިމިދިޔަ 5 އަހަރު ތެރޭގައި އެމްޑީޕީން މަސައްކަތްކޮށްފައިވަނީ އެއްވެސް ރޭވުންތެރި ކަމެއްނެތި ކަމަށާއި ބޮޑެތި އަގުގައި އެތައް މަޝްރޫއުތަކެއް ގާތް ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ މައްސަލަތައް ބަލާނެ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: