ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ އާއި އައްޑޫ ބުރިޖު ބަޖެޓުގައި ނެތް: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމުގެ ގޮތުން ބަޖެޓުގައި ފައިސާ ހިމަނާފައިނުވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް ގެންދިޔަ ޕެނަލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީރުވަނީ 2025 ވަނަ އަހަރުގެ ބަޖެޓާއި ގުޅުންހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރެއް އަންނަނީ ވައުދުތެއް ވެގެންކަމަށްވާއިރު ރައްޔިތުން ވޯޓުދެނީ އެ ވައުދުތަކަށް ކަމަށެވެ.

އަމީރު ވިދާޅުވީ، މިއީ ފުރަތަމަ ބަޖެޓުކަމަށް ސަރުކާރުން ބުނަމުންދާއިރު މި ފުރުސަތުގައި ބޭނުން މަސައްކަތްތަކެއް ހިމެނުމުގެ ފުރުސަތު އޮތްކަމަށާއި އެހެންނަމަވެސް މިނިސްޓްރީތަކުގައި ސަރުކާރުގެ މެމްބަރުން ތިބެގެން އެކުލަވާލައި ހުށައެޅިއިރު ސަރުކާރުގެ ވައުދުތައް އެއްވެސް ވަރަކަށް ހިމަނާފައިނުވާކަމަށެވެ.

މިސާލެއްގެ ގޮތުގައި ރަސްމާލެ ޕްރޮޖެކްޓު ފާހަގަކުރައްވާ އަމީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަމަށް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ބަދަލުތައް ގެނައިކަމަށެވެ. އަދި އެކަމާއި ގުޅިގެން ވަރަށް ބޮޑަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެކަމާއި ނުރުހުންވެވަޑައިގެންނެވިކަމަށާއި އެ ޕްރޮޖެކްޓު ހުއްޓިފައި އޮތީ ބަޖެޓުގައި ހިމަނާފައިނެތުމުންކަމަށް ސަރުކާރުން ބުނަމުން އައިކަމަށެވެ.

އެހެންނަމަވެސް މި ފުރުސަތުގައި ސަރުކާރުން އެކުލަވާލި ބަޖެޓުގައި ކުރިން ހިމެނާފައި އޮތް ގޮތަށް ފެންނަން ނެތްކަމަށާއި ބަޖެޓުގައި ހިމެނިފައިވާ ކަންކަން އަދި ނެތްކަންކަންވެސް ސާފުނުވާކަމަށެވެ. އަމީރު ވިދާޅުވީ، ބަޖެޓުގައި އޮތް އެއްޗެއް އަދި އޭގެން 2025 ވަނަ އަހަރުގެ ތެރޭގައި ކުރާނެކަމެއް އެނގިވަޑައިގަންނަވާނީ ހަމައެކަނި ރައީސް އަދި އެނގޭ ބަޔަކަށް ކަމަށެވެ. އަދި މީގެ ކުރިން އެކުލަވާލި ބަޖެޓުތަކުން ކުލަވެގެންދާ ފަދަ މަންޒަރުތަކެއް ނުފެންނަކަމަށެވެ.

އަމީރު ވިދާޅުވީ، އައްޑޫގައި ބުރިޖެއް އެޅުމަކީވެސް ވޯޓު ހޯދުމުގެ ގޮތުން ވަރަށް ބޮޑަށް ވައުދުވަމުން އައި މަސައްކަތްތަކެއްކަމަށެވެ. އެހެންނަމަވެސް އެ ބުރިޖުގެ މަސައްކަތްތަކަށް ވަކިން ފައިސާ ކަނޑައަޅައި ހިމަނާފައިވާކަން ބަޖެޓުން ފެންނަން ނެތްކަމަށާއި ޖުމުލަ ގޮތެއްގައި ބުރިޖު ހެދުމުގެ މަަސައްކަތްތަކަށް އެއް ބިލިއަނާއި ގާތްކުރާ އަދަދެއް ހިމަނާފައިވާކަމަށެވެ. އަދި މީގެ ތެރެއިން ބޮޑު އަދަދެއް ހަރަދުވެގެންދާނީ ތިލަމާލެ ބުރިޖަށްކަމަށްވާއިރު ބާކީ 300 މިލިއަން އާއި ގާތްކުރާ އަދަދުން ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޅުމަށް ވައުދުވެފައިވާ ބުރިޖުތައް އެޅުމަށް ކިހާވަރެއްގެ ކުރިއެރުމެއް ލިބިގެންދާނެތޯ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުގެ 50 އިންސައްތައް ގެދޮރުވެރިކަމުގެ މަސައްކަތްތަކަށް ކަނޑައަޅާނެކަމަށް މީގެ ކުރިން ބުނެފައިވާނަމަވެސް އެވަރަށް ހިމަނާފައިނުވާކަން ފެނިގެންދާކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުން ރަށަކަށް ނުވަތަ ރައްޔިތަކަށްވެސް ލިބޭ މަންފާއެއް ނެތްކަމަށް އެމްޑީޕީއިން ބުނަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށާއި ބަޖެޓުން ކުރާނެ ހޭދައިގެ ތަފްސީލުތައް ފޮރުވާފައިވަނީ ސަރުކާރުގެ ވެރިން އެދޭ ގޮތެއްގެ މަތިން ޖަރީމާތަކެއް ހިންގުމަށް ކަމަށް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: