ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަމްހާގެ ބަންދާމެދު ގޮތެއް ނިންމުން އަންނަ ހަފްތާގައި

ޙަލީމަތުު ލަމްހާ އަބްދުއްރަޙްމާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ ބަންދާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތާއި ދިފާއުގެ ނުކުތާތައް އަޑުއައްސަވާފައެވެ. އަދި ބުރާސްފަތި ދުވަހު އެކަމުގައި ގޮތެއް ކަނޑައަޅުއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އެހެން ދުވަހަކަށް އަޑުއެހުން ތާވަލު ކޮށްދިނުމަށް އެދިލައްވާފައެވެ. އެހެންކަމުން އެކަމަށް ރިއާޔަތް ކުރައްވައި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެހެންކަމުން ލަމްހާގެ ބަންދާމެދު ގޮތެއް ނިންމުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: