ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހީނުކުރި މައްސަލައިގައި 5 މީހަކު 5 ދުވަހަށް، 7 މީހަކު 7 ދުވަހަށް ބަންދުކޮށްފި

ހައްޔަރުކޮށްފައި ތިބި މީހުން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން ގެންގުުޅުނު މައްސަލައިގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި 12 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭގެ ތެރެއިން 5 މީހަކު 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށް ބާކީ ތިބި 7 މީހުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަަހީގެ 9 ވަނަ ހިޔާ ޓަވަރުގައެވެ. އެގޮތުން 12 މީހަކު ހައްޔަރުކޮށްފައިވާއިރު 31 އަހަރުގެ މީހަކު ރަހީނުކޮށްގެން އެމީހާއަށް އަނިޔާތަކެއް ދީފައިވަނީ އެ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގެ ތެރޭގައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެންގެ ޝާމިލުވުން އޮތްކަންވެސް މިވަގުތު ކަށަވަރު ނުވެއެވެ. އެކަން ޔަގީންކުރެވިގެންދާނީ ފުލުހުންގެ ތަހުގީގުތަކަށް ފަހުއެވެ. މީހަކު ރަހީނުކޮށްގެން އަނިޔާތަކެއް ދެމުންދާކަމުގެ މައުލޫމާތުތައް ލިބުމާއި އެކު ފުލުހުން އެ އެޕާޓުމެންޓަަށް ވަދެފައިވަނީ ދޮރު ވައްޓާލައިގެންނެެވެ. އަދި ރަހީނުކޮށްގެން ގެންގުޅުނު މީހާގެ ބޯ ބޭލުމަށްފަހު އިނގިލިތައް ބުރިކުރުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަން ފާހަގަކުރެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ރަހީނުކޮށްގެން ގެންގުޅުނީ ފައިސާއާ ގުޅޭ މައްސަލައެއްގައެވެ.

އޭނާ ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓަކީ މީގެ ކުރިންްވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ފާހަގަވެފައިވާ އެޕާޓްމަންޓެއްކަމަށް މައުލޫމާތު ލިބިިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: