ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަނީ ކަންކަން ރަނގަޅަށް ނޭނގިި ތިބެ: ހީނާ

ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ އިސްވެރިން ވާހަކަ ދައްކަނީ ކަންކަން ރަނގަޅަށް ނޭންގިި ނުވަތަ ކަންކަން އޮޅުވާލަން ގަސްތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ ލިސްޓުގައި ހިމެނި އާންމު ކުރި ހަތް ރަށުގެ ލިސްޓާއި އެކު އެމްޑީޕީ ދަނީ އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް ނުހިމެނޭ ސަބަބަށް ސުވާލު އުފައްދަމުންނެވެ. ސަރަހައްދީ ތަރައްގީއަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވެސް އެވެ. އެއީ އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއްގައި ތަރައްގީ ކުރާ އާބަން ޑިވެލޮޕްމަންޓް ރީޖަންގެ އިތުރުން، ތަރައްގީ ކުރާ އިތުރު ހަތް ސެންޓަރެވެ.

އިއްޔެ އާންމު ކުރީ މެނިފެސްޓޯގައި ބަޔާން ކުރާ މެދުމިނުގެ އިތުރު 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. އެއީ ރ. އުނގޫފާރާއި، ބ. އޭދަފުށި އަދި ޅ. ނައިފަރާއި އދ. މަހިބަދޫ އަދި ފ. ނިލަންދޫއާއި ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫ އެވެ.

މިކަން ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯސްޓެއް ކުރެއްވުމުން ވެސް، އެމްޑީޕީ ވަނީ އެކަން ގަބޫލުކުރުމަށް ދެކޮޅު ހަދައި ވައުދުތަކާއި ސަރުކާރުން ހިލާފުވާކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ހީނާ ވިދާޅުވީ އާބަން ރީޖަންތަކާއި އާބަން ސެންޓަރުތައް ތަރައްޤީ ކުރެއްވުމާއި ގުޅޭގޮތުން މެނިފެސްޓޯގައި ހިމެނިފައިވާގޮތް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ތަފްސީލުކޮށް ލިޔެފައިވާކަމަށެވެ.

މާލޭ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ޚިދުމަތްލިބޭ ސަރަޙައްދެއް (އާރބަން ރީޖަންއެއްގެ) ގޮތުގައި އުތުރުގެ 3 އަތޮޅު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އިދާރީ މައި ހަބުގެ ގޮތުގައި ކުޅުދުއްފުށި ހިމަނައިގެން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ދެކުނުގެ 4 އަތޮޅު ހިމެނޭހެން އިދާރީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ހިމަނާފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހައުސިންގ މިނިސްޓްރީން އާންމު ކޮށްފައިވަނީ މި ދެ އާރބަން ރީޖަންގެ އިތުރުން، އާރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ކަނޑައެޅުއްވި 7 ރަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: