ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒަށް ލެނބުމުގެ ތުހުމަތާއި އެކު ސީއެސްސީ ރައީސާއި، އޭސީސީ އަދި އީސީގެ ބައެއް މެމްބަރުން ވަކި ކުރަނީ!

ކޮމިޝަންތަކުން ވަކި ކުރުމަށް ނިންމާފައިވާ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި، އިލެކްޝަންސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައެއް މެމްބަރުންގެ މައްޗަށް ނުފޫޒަށް ލެނބުމުގެ ތުހުމަތުކޮށް މަގާމުން ވަކި ކުރުމާއި ގުޅޭ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.

އޭސީސީއާއި، އީސީގެ އިތުރުން ސީއެސްސީގެ ބައެއް މެމްބަރުން މަގާމުން ވަކި ކުރުމަށް ސަރުކާރުގެ މެމްބަރުން ފެށީ ކޮމިޝަންތަކުން މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ތުހުމަތުކޮށެވެ. އަދި މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލައިގައި ވަނީ، ނުފޫޒަށް ލެނބުމާއި ސުލޫކީ މައްސަލަތައް ވެސް ފެންމަތިކޮށްފަ އެވެ.

ކޮމިޓީން ނިންމާފައި ވަނީ އޭސީސީގެ ރައީސް އަބްދުލް ސަލާމާއި، ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދާއި، އީސީ ނައިބު ރައީސް ނަޝާތާއި މެމްބަރު މުހައްމަދު އާސިފްގެ އިތުރުން މެމްބަރު ޑރ. މުހައްމަދު ޒާހިރު ވަކި ކުރުމަށެވެ. ސީސީއެސްސީން ބަލަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ގުޅުން ހުރި މައްސަލަތަކެވެ.

ބައެއް ކޮމިޝަންތަކުގެ މެމްބަރުންނާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ މަޖިލީހަށް އިއުލާނު ކުރައްވަމުން، އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަނުގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެބިގެން ނުވާނެކަމަށް ބަޔާން ކުރާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތެއް އިސްކޮށްގެން ނުވާނެކަމަށް އެ މާއްދާގެ (ށ) ގައި ބުނާކަމަށެވެ.

ގާނޫނުގައި ބަޔާން ކުރާ މާއްދާއާއި ހިލާފު އަމަލެއް ކުރުމަކީ، އެ މެމްބަރަކު މަގާމުން ވަކި ކުރެވިދާނެ ހާލަތެއްކަމަށް ބުނާއިރު ސަލާމާއި ތޯހާއެއާއި ދެކޮޅަށް ދެ މައްސަލައެއް ލިބިފައިވާކަމަށް ނިއުޝާ ވިދާޅުވި އެވެ.

ސީއެސްސީއާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރެވޭނެ ހާލަތްތައް ހުރި، މައްސަލަތަކެއް ނާސިހާއި ނަޝާތު އަދި އާސިފްގެ އިތުރުން ޒާހިރާއި ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާކަން ވެސް އަމީން އާންމު ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: