ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ޖޫރިމަނާތައް ހިމަނައި، ވޭޕް މަނާކުރަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15 ގެ ފަހުން ވޭޕް ވިއްކުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން، މި އިސްލާހު ހުށަހަޅާފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްއާއި ގުޅުން ހުރި އާލަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށެވެ. މި ބިލުގައި ޑިއުޓީއާއި ރޯޔަލްޓީ އަދި ރެވެނިއު މައާފު ކުރެވޭނެ ހާލަތްތަކަށް އިސްލާހު ގެނައުން ވެސް ހިމެނެ އެވެ.

ގާނޫނާއި ހިލާފުވުމުން ބޮޑެތި ޖުރިމަނާގެ އަދަބު ހިމަނާފައިވާ އެ އިސްލާހުގައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލަތްތަކާއި، އުފެއްދުންތައް އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން އަދި އެތެރެ ކުރާ އިލެކްޓްރޯނިކް ސިނގިރޭޓަށް 10،000 ރުފިޔާގެ މަގުން ޖުރިމަނާ ކުރުމަށެވެ.

އެފަދަ އާލަތެއް ވިއްކައި ވިޔަފާރި ކުރާކަން ފާހަގަވާ ހާލަތުގައި އެ މީހެއްގެ މައްޗަށް އަންނަ ޖުރިމަނާގެ އަދަބަކީ 20،000 ރުފިޔާގެ ޖުރިމަނާއެކެވެ. އަދި ހިލޭ ބަހާނަމަ ވެސް ޖުރިމަނާތައް ހިމަނާފައި ވެއެވެ.

އެ މީހަކު ވޭޕް ވިއްކަނީ، ކުޑަކުއްޖަކަށް ނަމަ ޖުރިމަނާ ކުރާނެ އަދަދަކީ 50،000 ރުފިޔާ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން، މި އިސްލާހު ހުށަހަޅާފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްއާއި ގުޅުން ހުރި އާލަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް ހިނގާ މުއްދަތުގައި ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމަށެވެ. މި ބިލުގައި ޑިއުޓީއާއި ރޯޔަލްޓީ އަދި ރެވެނިއު މައާފު ކުރެވޭނެ ހާލަތްތަކަށް އިސްލާހު ގެނައުން ވެސް ހިމެނެ އެވެ.

އިސްލާހުގައި ވަނީ އީ ސިނގިރެޓުން 50 އިންސައްތައާއި، ސްޓިކާއަކުން 8 ރުފިޔާ ނެގުމަށެވެ، އަދި ވޭޕް ފްލޭވާތަކުން 08 ރުފިޔާ ނެގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: