ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަމާން، ރައްކާތެރި ތަނަކަށް ހެދުމަކީ ރައީސްގެ އަމާޒެއް: އިހްސާން

ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި ކުއްތަކަށް އަރާގަތުން ހުއްޓުވައި، އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ ރައީސްގެ އަމާޒެއް ކަމަށް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ހޯމް މިނިސްޓްރީއާއި މައިގަނޑު ހަތަރު ކަމެއް ރައީސް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމެއްގޮތުގައި ދިވެހިރާއްޖޭގެ ޑްރަގްގެ މައްސަލަ ހައްލުކުރުން ހިމެނިގެން ގޮސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެެވެ.

1977 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އައި ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުހިފާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ގޭންގް ހަދައިގެން މާރާމާރީ ހިންގުމާއި މުޅި ރާއްޖެގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމާއި، ކުށްތަކަށް އަރައިގަތުން ފަދަ ކަންކަން އެއްކޮށް ބަދަލުކޮށް، ރާއްޖެއަކީ އަމާން ތަނަކަށް ގެނެއުމަކީވެސް އެމަނިކުފާނު އެދިލައްވައި ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ޤަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީން މައްސަލަ ހައްލުކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް އެދިލައްވައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްޑާޓާއަކަށް ގެނެސް ބެލެހެއްޓުމެވެ. އަދި ހަތަރު ވަނަ ކަމެއް ގޮތުގައި ކުށުގެ މާހައުލުގައި ކުޑަ ކުދިން އުޅޭ މިންވަރު މަދު ކުރުން ހިމެނިގެންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު 434 ކުށްވެރިން އެކި ގޮތް ގޮތުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިފައިވާ ކަމަށާއި އޭގެ ތެރެއިން 330 މީހުންނަކީ ޑްރަގް މައްސަލައިގައި ޖަލު ތަކުގައި ތިބި މީހުން ކަމަށާއި 26 މީހުންނަކީ ވައިލެޓް ކްރައިމްގައި ތިބި މީހުން ކަމަށެވެ. އަދި 19 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ޖަލު ހައްޔަރުގައި ތިބި މީހުން ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންކަމުން ހައްޔަރުގައި ތިބި ފަރާތްތައް ދޫކޮށްލުމުގެ ސަބަބުން އެފަދަ މައްސަލަތަކަށް ހައްލު ގެނެއުމަށްޓަަކައި އިތުރަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: