ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް ޢާއިލީ ހަވީރެއް ބާއްވަނީ!

މިނިސްޓަރ އޮފް ސޯޝިއަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓް ޑރ. އާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ”ބަދަހި ޢާއިލާ – އުފާވެރި  މުޖުތަމަޢު“، މި ޝިޢާރުގެ ދަށުން އާއިލީ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ހަވީރު ކުރިއަށްދާނީ 16 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުއެވެ.

މި ހަވީރުގެ މަޤްޞަދަކީ އެ ވުޒާރާއިން ފާއިތުވި އަހަރުގެ ތެރޭގައި  ކުރެވުނު މަސައްކަތްތަކުން ހާޞިލުކުރެވުނު  ކާމިޔާބީތައް ރައްޔިތުންނާއި ހިއްސާކުރުން ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، ވުޒާރާގެ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް މި ހަވީރުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.

މި ހަވީރު ކުރިއަށްދާނީ 16 ނޮވެމްބަރުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށް ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 56%ހައިރާންވެއްޖެ 0%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: