ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭވާހޮޅިއަށް އެކަނި ބެލިޔަސް ރައްޔިތުންގެ ފައިސާއިން ބޭނުންކޮށްފައިވާ މިންވަރު ފެނޭ: އިއްބެ

މެމްބަރު އިބްރާހިމް ހުސައިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަ އެކަނި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައަށް ބަލާލިނަމަވެސް ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިވާކަން ފެނިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމްވަނީ ދައުލަތުގެ މާލިއްޔާތަށް ވެފައިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، މިއަދު އެމްޑީޕީއިން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ދައްކާ ވާހަކަތަކެއް ނޫންކަން އެނގޭކަމަށެވެ.

މެމްބަރު ވިދާޅުވީ، ހަމައެކަނި ނޭވާ ހޮޅިއަށް ބަލާލުމުންވެސް ރައްޔިތުންގެ ބަޖެޓުން ވަރަށް ބައިވަރު ފައިސާ ބޭނުންކުރުމަށްފަހު ވިއްސިވިހާލިކޮށްލާފައިވާކަން ފެންނަކަމަށެވެ. އަދި ކޮންމެ ފުރުސަތެއްގައި ފިނޭންސް މިނިސްޓަރު ވަޑައިގެން މަޖިލީހަށް ބަޖެޓު ހުށައެޅުއްވުމުގެ މަސައްކަތްތައްވެސް ކުރައްވާފައިނުވާކަމަށާއި ޕީއެންސީއިން 2025 ވަނަ އަހަރަށް އެކުލަވާލި ބަޖެޓުގައި ވަރަށް ތަފްސީލީގޮތެއްގައި ލިބޭ ލޯނާއި ހިލޭ އެހީފަދަ އަދަދުތައް ހިމަނާފައިވާނެކަމަށެވެ. މި މަސައްކަތްތައް ކުރެވިފައިވަނީ މީގެ ކުރީގެ ހުށައެޅުންތަކާއި ތަފާތުކޮށް ވަރަށް ސާފުކޮށްކަމަށްވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ނިމިދިޔަ ބަޖެޓުތަކާއި ހިލާފަށް ރައްޔިތުންގެ މަންދޫބުންނަށް ފާރަވެރިވޭވެނެ ގޮތެއްގެ މަތިންކަމަށާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ބަޖެޓަށް ތައުރީފްކޮށް ވާހަކަދައްކަވާފައިވާކަން ހާމަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެ ވާހަކަތައް ދައްކަމުންދަނީ ސިއްރުންކަމަށާއި ބަޖެޓު ފުރިހަމަ ކަމަށް ދެކޭނަމަވެސް އެ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވާކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގެ ކިބައިންވެސް އެދެމުން އައީ މިފަދަ ބަޖެޓެއް ހުށައެޅުމަށްވެސް މެމްބަރުން ބުނެފައިވާކަމަށާއި އޭރުގެ ރައީސްއަށް އެކަން ކުރައްވަން ކެރިވަޑައިނުގެންނެވީކަމުގެ ވާހަކަތައް ދައްކާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: