ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގުތައް ހަރަކާތްތެރިވާ ލޮކޭޝަންތަކަށް އެއްލައްކައަށްވުރެ ގިނަ ފަހަރު ގޮސް ހާލަތު ބެލިން: ފުލުހުން

ގޭންގު އެންފޯސްމެންޓު ހެޑު އާރިފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގުތަކުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެފަދަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް އެއްލައްކައަށްވުރެ ގިނަ ފަހަރުގެ މަތިން ފުލުހުންނަށް ގޮސް ހާލަތު ބެލިފައިވާނެކަމަށް ހެޑް އޮފް ގޭންގް ކްރައިމް އެންފޯސްމެންޓު ސުޕަރ އިންޓެންޑަންޓް އޮފް ޕޮލިސް އާރިފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިންގާ ގޭންގު ކުށްތަކުގެ މައްސަލަ އާއި ގުޅޭގޮތުން މައުލޫމާތު ދެމުން ގޭންގް ކްރައިމް އެންފޯސްމެންޓު ޑިޕާޓުމެންޓުގެ އިސްވެރިޔާ ސުޕަރ އިންޓެންޑަންޓް އޮފް ޕޮލިސް އާރިފްވަނީ މި މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ.

އާރިފް ވިދާޅުވީ، ގޭންގުތަކާއި ގުޅުންހުރި އެކި އެކި ލޮކޭޝަންތަކުގެ 20،597 މީހަކު ހުއްޓުވައި ސުވާލުކުރެވިފައިވާކަމަށެވެ. އެގޮތުން 18 އަހަރު ފުރިފައިވާ 5449 މީހަކާއި 18 އަހަރުން ދަށުގެ 307 މީހަކާއި ސުވާލުކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއިރު، 2315 ފަހަރަކު ތަކުރާރުކޮށް މިފަދަ ތަންތަނުން ފާހަގަކުރެވުނު ކުޑަކުދިން ހުއްޓުވައި ސުވާލު ކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ވަނީ މި މައްސަލައަށް ހައްލެއް ގެނައުމުގެ މަގުސަދުގައި 2658 އުޅަނދެއް ހުއްޓުވައި ސުވާލުކޮށްފައިކަމަށާއި މިގޮތުގެ މަތިން 3043 ފަހަރުގެ މަތިން އިސްވެ ދެންނެވި އުޅަނދުތައް ހުއްޓުވިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

އާރިފް ވިދާޅުވީ، ގޭންގުތައް އެއްވާކަމަށް ފާހަގަކުރެވޭ ތަންތަން ބަލައި އެ ސަރަހައްދުތަކަކީ އާންމު ރައްޔިތުންނަށް އަމާން ތަންތަން ގޮތުގައި ހެދުމުގެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފުލުހުންވާނީ 106174 ފަހަރުގެ މަތިން އެކި އެކި ލޮކޭޝަންތަކަށް ގޮސް އެތަންތަނުގެ ހާލަތު ބަލައި ދެނެގަނެފައިކަމަށެވެ.

ޓްރެފިކް ގަވައިދާއި ހިލާފަށް އަމަލުކުރަމުންދިއުމުގެ ސަބަބުން 84 އުޅަނދެއް ޓޯކޮށްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާލޭގެ އެކި ކަންކަން މަތީގައި ގޮނޑި އާއި މޭޒު ޖަހައިގެން ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން އެއްވެ ތިބެ އާންމުންނަށް އުނދަގޫތައް ފޯރާގޮތަށް އަމަލުކުރަމުންދިއުމާއި ގުޅިގެން އެފަދަ 47 އައިޓެމްއެއް އެތަންތަނުން ނަގާ ނައްތާލާފައިވާކަމަށެވެ.

އާރިފް ވިދާޅުވީ، އެކި ސަރަހައްދުތަކަކީ ގޭންގުތަކަށް ނިސްބަތްވާ ތަންތަން ގޮތުގައި ދެއްކުމުގެ ބޭނުމުގައި ގްރެފިޓީ ކުރަހައި ނުރައްކާތެރިކަން ބޮޑުކުރުމުގެ ނިޔަތުގައި ތައްޔާރުކުރެވިފައިވާ 141 ތަނަކުން ގްރެފިޓީ ނައްތާލާފައިވާކަމަށެވެ.

ތަހުގީގީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އެ ޑިޕާޓުމެންޓުންވަނީ 37 މައްސަލައެއް ބަލަން ފަށާފައިކަމަށާއި އޭގެ ތެރެއިން 19 މައްސަލައެއްގައި މިހާރުވެސް ތަހުގީގުތައް ކުރެވެމުންދާކަމަށެވެ. އާރިފް ވިދާޅުވީ، 14 މައްސަލައެއްގެ ތަހުގީގު ނިންމުމަށް ފަހު ޕީޖީއަށް ފޮނުވާފައިވާކަމަށާއި 13 މައްސަލައެއްގައި ދައުވާކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ދައުވާ ކުރެވުނު މީހުންގެ ތެރޭގައި 63 މީހަކު ހިމެނޭކަމަށާއި މި މައްސަލަތަކާއި ގުޅިގެން 105 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި ހައްޔަރުކުރި 105 މީހުންގެ ތެރެއިން މިހާރުވެސް 50 މީހަކު ބަންދުގައި ތިބިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: