ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ޝާމިލުވާ ގޮތަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެސްދިނުންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

”ރައީސް މުއިއްޒާއި އެކު އެއް އަހަރު“ ކަވަރޭޖުގައި މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމަކީ، މިނިސްޓްރީގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ރެގިއުލޭޓު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިސްކަމެއް ދެވުނުކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، ކްލައިންޓުންނާއި މަސައްކަތް ކުރާ ފަރާތްތަކަށް ވީހާވެސް ބޮޑަށް އެކަށީގެންވާ ގޮތެއްގައި ފައިދާވާނެ ދާއިރާއަކަށް ހެދުމަށް އުސޫލުތަކަށް ގެނަން ޖެހޭ ބަދަލުތަކެއް އެބަހުރިކަމަށެވެ.

މުއްތަލިބު ވިދާޅުވީ ހިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް އުސޫލުތަކާއި، ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި އެކު ގާނޫނު ތަންފީޒު ކުރުމަށް ވެސް ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރިކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި ދިރާސާކޮށް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވުނުކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އިންފްރާސްޓްރަކްޗާގެ ތެރެއިން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ކަމަށެވެ. އަދި ރައީސްގެ ވިސްނުމަކީ އާބާދީ ބޮޑެތި ރަށްތަކަށް އިސްކަން ދިނުންކަން ފާހަގަކޮށް މުއްތަލިބު ވިދާޅުވީ ރައްޔިތުންނަށް ވީހާވެސް ފައިދާވާނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: