ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުން: ސައީދު

އިކޮނޮމިކް މިނިސްޓަރ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އަމާޒު ހިއްޕަވާފައިވަނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރު ސައީދުވަނީ ވަޒީފާގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް މުއިއްޒުގެ މުޅި އަމާޒުވެސް ހުންނެވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމާއި ދިމާލަށްކަމަށެވެ. އަދި އެ ސިޔާސަތަށް ބާރު ދިނުމުގެ ގޮތުން ކެބިނެޓްގެ ލަފާއާއިއެކު އެމަނިކުފާނުވަނީ ބޮޑެތި ނިންމުންތަކެއް ނިންމަވާފައިކަމަށެވެ.

ސައީދު ވިދާޅުވީ، ވަކި މުއްދަތުތަކެއްގެ ތެރޭގައި ދިވެހިންނަށް ވަކި ބާވަތްތަކެއްގެ ވަޒީފާތަކެއް ހާއްސަވާންޖެހޭކަމާއިމެދު ކެބިނެޓް އަދި ރައީސްވެސް އެއްބަސްވެވަޑައިގަންވާކަމަށާއި މިކަމަކީ މިހާ ފުޅާ ގޮތަކަށް މީގެ ކުރިން ގެންގުޅެފައިވާ ވިސްނުންތަކެއް ނޫންކަމަށެވެ.  މިނިސްޓަރ ވިދާޅުވީ، އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ކަނޑައެޅިފައިވާ އަމާޒުތައް މިނެކިރައި މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބަލަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި ބެލިނަމަވެސް ދިވެހިންނަށް އަދާކުރެވޭނެ ގިނަ އަދަދެއްގެ ވަޒީފާތައް ހުރިކަން ފެނިގެންދާނެކަމަށާއި އެހެންކަމުން އެ މަސައްކަތްތަކުގައި އަހުލުވެރިވާން ކެރެންޖެހޭކަމަށާއި ކެރިގެން އެ ވަޒީފާތަކަށް ދާންވީކަމަށެވެ. ސައީދު ވިދާޅުވީ، އާދައިގެ ވަޒީފާއެއް ނުވަތަ އެންމެ މަތީ ފަންތީގެ ވަޒީފާއެއްނަމަވެސް ޖެހިލުންވުމެއް ނެތި ވަޒީފާތަކަށް ދާންވީކަމަށާއި ގޮސް ރަނގަޅު ވިސްނުމާއި އަހުލާގެއްގެ މަތިން މަސައްކަތްތައް ކުރުމުން ކުރިއަރައިގެންދާނެކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ހުރިކަން ސާފުއިރު، ވަޒީފާދޭ ފަރާތްތަކުންވެސް ދިވެހިންނަށް އިސްކަން ދިނުން މުހިންމުކަމަށާއި ވަޒީފާ އަދާކުރާ މީހުންވެސް ރަނގަޅު ފެންވަރެއްގައި އަހުލާގުވެސް ހިފަހައްޓައިގެން މަސައްކަތްތައް ކޮށްގެން ކުރިއަރައިގެން ދިއުމުގެ އަމާޒު ކަނޑައަޅަން އިލްތިމާސް ކުރެއްވިއެވެ. އަދި މި ދެކަމުގައިވެސް ސަރުކާރަށް މަގު ދެއްކޭނެކަމަށާއި އެކަން ކުރުމަށް ރައީސް ޑރ މުއިއްޒު ފަސްޖެހިވަޑައިނުގަންނަވާނެކަމަށާއި އެމަނިކުފާނު ގެންދަވަނީ އަމަލާއި ބަހުންވެސް އެކަން ދައްކަވަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: